twitterviber whatsapp telegramfacebookyoutube instagram
15th July 2026

ނައިބް ރައީސް ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޚަދީޖާ އާދަމް
May 26, 2021

ނައިބް ރައީސް ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިވަގުތު ހުރީ އައިސޮލޭޝަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައި ވީ ނަމަވެސް ނައިބް ރައީސްގެ ހާލު ރަނގަޅުކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް ނައިބް ރައީސްގެ ހާލުކޮޅު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ދީފައެވެ.

އެއިރު އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ ބޮޑަށް ހުން އައިސްގެންނެވެ. ނަމަވެސް އެއިރު ކޮވިޑް-19 އަށް ހެދި ޓެސްޓް ވަނީ ނެގެޓިވް ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355