twitterviber whatsapp telegramfacebookyoutube instagram
1st June 2025

ވެކްސިންގެ ދެވަނަ ޑޯޒް 161،454 މީހަކު ފުރިހަމަކޮށްފި

ޚަދީޖާ އާދަމް
May 27, 2021

މިހާތަނަށް ރާއްޖޭން ކޮވިޑް ވެކްސިންގެ ދެ ދޯޒް ޖަހާ 161،454 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ވެސް ކުރިއަށްދާއިރު އިއްޔެ 717 މީހަކަށް ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ 1،924 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށާއި އެއީ އަތޮޅުތަކުން ވެކްސިން ދިން 1،398 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 526 މީހެއްކަމަށެވެ.

މިވަގުތު ރާއްޖޭގައި ދެމުން އަންނަނީ ސައިނޮފާމް ވެކްސިނެވެ. އެގޮތުން އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުންނެވެ.

މިހާތަނަށް ރާއްޖެއިން 307،927 މީހަކަށް ވެކްސިން ދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355