twitterviber whatsapp telegramfacebookyoutube instagram
13th December 2025

ގިނަ ޒުވާނުންތަކެއްގެ ހިތްތައް ކަތިލި އެރިއާނާ ގްރާާންޑޭ ކައިވެނިކޮށްފި

ޢަލީ ރަމީޒް
May 27, 2021

މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭ ކައިވެނިކޮށްފި އެވެ. އެރިއާނާ ކައިވެނިކޮށްފައި މިވަނީ އުމުރުން 27 އަހަރުގައި ރިއެލް އެސްޓޭޓްގެ އެޖެންޓް ޑެލްޓަން ގޮމޭޒްއާ އެވެ.

މީގެ 5 މަސް ކުރިން އެރިއާނާ އާއި ޑެލްޓަން އެންގޭޖް ކޮށްފައިވާއިރު ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ސިއްރިއްޔާގުގައެވެ. 20 މީހުންނަށް ވުރެން މަދުން ހަފްލާގައި ބައިވެރިވުމަށް ފުރުސަތު ލިބުނުއިރު ސިއްރިއްޔާތުގައި އެރިއާނާގެ ކައިވެނީގެ ހަފްލާ ކުރިޔަށް ގެންގޮސްފައި މިވަނީ މުޅި ދުނިޔޭގައި ބަލިމަޑުކަމެއް ތަހަންމަލް ކުރަމުންދާ ދުވަސްވަރެއްކަމަށް ވާތީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އާއި އެންގޭޭޖް ވެވުނު އަނގޮޓި ސޯޝަލް މީޑިއާގައި ދައްކާލާފައިވާއިރު މި އަނގޮޓި ފަރުމާ ކޮށްފައިވަނީ ޑެލްޓަން ކަމަށް މައުލޫމާތު ލިބެއެވެ.

އެރިއާނާ އެންމެ ފުރަތަމަ މީހުންގެ މަގުބޫލުކަން ހޯދީ ނިކެލެޑޮން ޓީވީ ސީރީޒްގައި ކޮމީޑިއަން ރޯލެއް ކުޅިގެންނެވެ. އެރިއާނާގެ ލަވަތައް ރިލީޒް ކުރަން ފެށުމާއެކު ގިނަ ބައެއްގެ އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާ އަށް ވަނީ ވެފައެވެ. އަދި އެރިއާނާގެ ޑޭންޖަރަސް ވުމެން އަށް ފަސް އަހަރު ފުރުނު މުނާސަބަތުގައި ގިނަ ބައެއްގެ ތައުރީފް އެކި ޕްލެޓްފޯމް ތަކުގައި ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355