މިއަދު މާލޭގެ މޯނިންވިއު ގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ވަގުތީ ހިޔާވަހިތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އިން ބުނެފި އެވެ.
ހާލުގައި ޖެހުނު މީހުންގެ ތެރެއިން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓީވްވެފައި ވާތީ، އެ ތިން މީހުން ހުޅުމާލެ ކޮވިޑް މެޑިކަލް ފެސިލިޓީ ވަނީ ގެންގޮސްފައެވެ.
އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ މއ.މޯނިންވިއު އަކީ ދެ އިމާރާތެއް ހުންނަ އެއް ގޯއްޗެއް ކަމަށާއި ގެއްލުންވެފައި ވަނީ ބުރުޒު މަގަށް ވާގޮތަށް ހުންނަ އެ ގޭގެ ހުޅަނގު ފަރާތު އިމާރާތަށް ކަމަށް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު އުމަރު ފިކުރީ ވަނީ ވިދާޅުވެފައެވެ.
މި ދެ އިމާރާތުގައި މުޅިއެކު 56 މީހެއް ދިރިއުޅޭއިރު ގެއްލުންވި އިމާރާތުގައި ދިރިއުޅޭ 32 ދެމީހުންގެ ތެރެއިން 17 މީހުންނަކީ 18 އަހަރު ނުފުރޭ ކުޑަކުދިންކަމަށް މައުލޫމާތު ލިބެއެވެ.
ރޭ ފަތިހު 5:00 ހާއިރު އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނު އިރު އަލިފާން ނިއްވާލެވުނު ކަމަށް ސިފައިން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބުނުތާ ދޮޅު ގަޑިއެއްހާއިރު ފަހުންކަމަށެވެ.
ހާލުގައި ޖެހުނު އާއިލާތަކަށް އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު އިސްކަމެއްދޭނެ ކަމަށާއި، ލިބުނު ގެއްލުންތައް ޔާގީންކޮށްދެވޭނީ އެސެސްމަންޓް ހެދުމުން ކަމަށާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މެނޭޖަރު ވަނީ ވިދާޅުވެފައެވެ.
އެންޑީއޭއިން ބޮލަކަށް ދޭ ހައިޖީން ޕެކޭޖާއި 200ރ. ގެ ފުޑް ޕެކޭޖުގެ އިތުރުން އަންނައުނު ހޯދުމަށް ބޮލަކަށް ދޭ 1،050ރ. ގެ ޕެކޭޖު ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ހާދިސާ އަށް ފަހު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސްޓް މިނިސްޓަރު މާރިޔާ މުހައްމަދު ދީދީ ވަނީ ހާލުގައި ޖެހުނު އާއިލާތަކުގެ ހާލު ބަލާލުމަށާއި ހުރި ދަތިތައް އޮޅުންފިލުވުމަށް އަައިލާތަކާއި ބައްދަލުކުރައްވައިފަ އެވެ.