twitterviber whatsapp telegramfacebookyoutube instagram
17th June 2026

ހއ އަތޮޅުން ދ އަތޮޅަށް ވައިޓް އެލާޓް

ޚަދީޖާ އާދަމް
May 28, 2021

ރާއްޖެއަށް މިހާރު ކުރަމުންގެންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ އަތޮޅުން ދ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

އެ އަތޮޅުތަކަށް ވައިޓް އެލަޓް ނެރެފައިވަނީ މިއަދު ހެނދުނު 09:15 ފެށިގެން މެންދުރުފަހު 14:15 އަށެވެ.

މެޓް އޮފީހުން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މީގެ އިތުރުން ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެން ވާ ކަމަށާއި ރާޅުގެ އުސްމިނުގައި 4-8 ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އެދިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355