twitterviber whatsapp telegramfacebookyoutube instagram
3rd May 2026

ކުރިއަށްއޮތް 24 ގަޑިއިރު އުތުރާ މެދުރާއްޖެއަށް ވައިގަދަ

ޚަދީޖާ އާދަމް
May 29, 2021

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގެ ވައި މަޑުވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ އިރު ދެކުނުގެ ކަނޑުތައް ވެސް ވިލާގަނޑުގައި ގަދަވާނެ އެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމާއި ކަނޑުތައް ގަދަވުމުގެ އިތުރުން އުދަ އަރާފާނެ ކަމަށް ލަފާކޮށް މިއަދުޗވެސް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 10:00 އާ ހަމައަށް ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާޅުގެ އުސްމިން 4-8 ފޫޓާ ދެމެދުގައި އުޅޭތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355