twitterviber whatsapp telegramfacebookyoutube instagram
1st June 2023

މާރާމާރީގައި ޒުވާނާގެ ބޮލުގެ ނާށިގަނޑު ފެޅި، ސިކުނޑިއަށް ވަނީ ލޭ އެޅިފައި

ޚަދީޖާ އާދަމް
May 30, 2021
5

ރޭ ކުޅުދުއްފުށީގައި ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާ ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖާރ އަހުމަދު ދާއޫދު ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ 09:50 ހާއިރު ކަމަށާއި އެ ޒުވާނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާކަމަށެވެ.

އަހުމަދު ވިދާޅުވީ އެމީހާ މިއަދު 01:30 ގެ ފްލައިޓުން މާލެ ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލެ ގެންދަނީ ހަނިމާދޫ މަގުންނެވެ. ރޭ ހޮސްޕިޓަލަށް ގެނައިއިރަށް ވުރެ އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް މިއީ ވަރަށް ކްރިޓިކަލް ކޭސްއެއް ކަން ފާހަގަ ކުރެއްވި އެވެ. މާލެ ގެންގޮސް އޮޕަރޭޝަންކުރުމަށް ގެންދާނީ އޭޑީކޭއަށް ކަމަށް އަހުމަދު ވިދާޅުވި އެވެ.

މި މާރާމާރީއާއި ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށީގައި މާރާމާރީއެއް ހިންގައިގެން އެ މައްސަލަ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި މާރާމާރީ ހިންގާފައިވަނީ މޫނު ނިވާކޮށްގެން ތިިބިބަޔަކު 29 އަހަރުގެ ދިވެހި ފިިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355