twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފޭދޫ ރައްޔިތުންގެ ފަރާތުން ގޮއިދޫ އާއި ކަނޑިތީމަށް ކާބޯތަކެތީގެ ބޮޑު އެހީއެއް

ޚަދީޖާ އާދަމް
May 30, 2021

ށ. ގޮއިދޫ އަދި ކަނޑިތީމުން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެ ދެރަށް މިވަގުުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި އެ ދެރަށަށް ކާބޯތަކެތި ފޯރުކޮށްދޭން މާލެއިން ދަތުރުކުރާ ބޯޓުވެސް މި ވަގުތު އޮތީ ކޮވިޑް ކޭސްއަކާ ގުޅިގެން ދަތުރުކުރުން މަނާކޮށްފައެވެ.

މި ދަނޑިވަޅުގެ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒާރޫރީތަކެތި ފޯރުކޮށްދީ އެ އަތޮޅު ފޭދޫއިން މިވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ ފައެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ އެ ދެރަށަށް ކާޑުގެ ބަވާތްތަކާއި ރޯމަސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. ރައިޝަން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ބޭނުންވި މިންވަރަށް މަސް ނުލިބުން ކަމަށާއި މަހާ ކާޑުގެ ބާވަތްތަކުގެ އިތުރުންވެސް ހަދިޔާގެ ގޮތުގައިވެސް ތަކެތި ފޮނުވާފައިވާނެ ކަމަށެވެ. މިއީ ރައްޔިތުންގެ ފަރާތުން ހިލޭ ސާބަހަށް ފޯރުކޮށްދިން ތަކެތި ކަމަށާއި މިކަމުގައި ރައްޔިތުންގެ ފަރާތުން ބޮޑި އެއްބާރުލުމެއް ލިބިގެންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއީ ކައުންސިލުން އިސްނަގައިގެން ރައްޔިތުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށާއި މޫސުން ގޯސް ދުވަސްވަރެއްގައި އެ ދެ ރަށަށް ތަކެތި ފޯރުކޮށްދިނުމަށް އެރަށުގެ އޮޑިވެރިން ދެއްވި އެއްބާރުލުންވެސް ރައިޝަމް ފާހަގަ ކުރެއްވި އެވެ.

އެގޮތުން އެ ދެ ރަށަށް ތަކެތި ހިފައިގެންދިޔަ އޮޑި ފުރާފައިވަނީ އިއްޔެ ފަތިހު 5:45 ގައެވެ. މިއީ އެ ދެރަށާއި މެދު އޮތް އެކުވެރިކަން ބަދަހިކޮށް މިފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކަމެއްކަމަށާއި އެ ދެރަށުގެ ރައްޔިތުންވެސް ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވާކަމަށް ރައިޝަމް ވިދާޅުވި އެވެ.

މިވަގުތު ށ އަތޮޅު 4 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. . ގޮއިދޫއާއި ކަނޑިތީމުގެ އިތުރުން ދެން މޮނީޓަރިންގައި އޮތީ ޅައިމަގު އަދި މިލަންދޫއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355