twitterviber whatsapp telegramfacebookyoutube instagram
17th June 2026

ވައިގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ރ އަތޮޅަށް ވައިޓް އެލާޓް

ޚަދީޖާ އާދަމް
May 30, 2021

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހއ އަތޮޅުން ރ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހުން 14:45 ފެށިގެން ހަވީރު 17:00 ށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރައިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމުދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަަމަށާއި ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަށެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެން ވާކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓް ހުންނާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރާފަރާތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355