twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެޗްއެސްސީ އިމްތިހާން ބާއްވާ ތާރީހު ބަދަލެެއް ނުކުރާނެ

ޚަދީޖާ އާދަމް
May 30, 2021

އެޗްއެސްސީ އިމްތިހާނު މިހާރު ހަމަޖައްސާފައިވާ ތާރީހުގައި ކުރިއަށް ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 13 އިން 17 އަށެވެ.

އިމްތިހާނު ފަސްނުކޮށް ކުރިން ހަމަޖެއްސި ތާރީހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިމިވަނީ އިމްތިހާނު ފަސްކުރުމަށް ބައެއް ބެލެނިވެރިން ދަނީ ގޮވާލަމުން ދަނިކޮށެވެ.

މިދުވަސްވަރަކީ މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ސްކޫލުތައްވެސް ބަންދުކޮށް ފިޔަވަޅު އަޅަމުންދާ ދުވަސްވަރަކަށް ވާތީ އެޗްއެސްސީ އިމްތިހާނުގައި ދަރިވަރުން އިށީންނަން ޖެހެނީ ސުކޫލަށް ހާޒިރުވެ ކިޔަވާ ރިވިޝަނަށްވެސް ފުރުސަތު ނުލިބިއެވެ.

އެހެންކަމުން މިއީ ރާއްޖެއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް އިމްތިހާނަކަށް ވާތީ އާއި އޮކްޓޫބަރު މަހު އޭލެވެލް އިމްތިހާނު އޮތުމުން އެ އިމްތިހާނާއެކު އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ބައެއް ބެލެނިވެރިން ދަނީ އެދެމުންނެވެ.

އެކަމާއި ގުޅިގެން އެޗްއީއޯސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

އަދި މިހާރު މި އިމްތިހާނު ބޭއްވުމުން އޮކްޓޫބަރުގެ އިމްތިހާނަށް ދަރިވަރުންނަށް ލިބޭ ލުޔަކަށްވެސް ވާނެ ކަމަށާއި އެއީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355