twitterviber whatsapp telegramfacebookyoutube instagram
17th March 2026

ކޮވިޑްގައި 83 އަހަރުގެ މީހަކު މަރުވެއްޖެ

ޚަދީޖާ އާދަމް
May 31, 2021

ކޮވިޑަށް ފަރުވާދެމުން ދިޔަ 83 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެ އެވެ. މި މަރާއެކު ރާއްޖޭން މީހުން މަރުވި އަދަދުވަނީ 159 އަރާފަ އެވެ.

އެމީހާއަކީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެމީހާ މަރުވެފައިވަނީ ފަރުވާދެމުން ދަނިކޮށް ހެނދުނު 06:30 ހާއިރު އެވެ.

އިއްޔެ އަކީ ކޮވިޑަށް މީހުން ޕޮޒިޓިވްވި އަދަދު މަދު ދުވަހެއްކަން ފާހަގަކޮށްލެވެ އެވެ. ފާއިތުވި ދުވަސްތަކުގައި ހާހުން މަތީގައި ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ކޭސްތައް އުޅުނުއިރު އިއްޔެ ޕޮޒިޓިވްވީ 780 މީހުންނެވެ.

އޭގެތެރިން މާލެއިން 571 މީހުން ޕޮޒިޓިވްވި އިރު 205 މީހުން އެއީ އަތޮޅުތެރެއިން ޕޮޒިޓިވްވި އަދަދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355