twitterviber whatsapp telegramfacebookyoutube instagram
20th September 2026

ހދ އަތޮޅު ކޮވިޑް ފޯކަލް ޕޮއިންޓްގެ ގޮތުގައި އާތިފް

އަބްދުލް ވާހިދު ޙަސަން
May 31, 2021

ކޮވިޑް-19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނިޓަރކޮށް އިތުރަށް ހަރުދަނާކުރުމަށްޓަކާ ހދ އަތޮޅު ކޮވިޑް ފޯކަލް ޕޮއިންޓްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަހުމަދު އާތިފް ހަމަޖައްސަވައިފި އެވެ.

ކޮވިޑް19- އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނީޓަރކޮށް އިތުރަށް ހަރުދަނާކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ހަމަޖެއްސުމަށް ނިންމީ ރައީސް ސޯލިހެވެ.

ކޮވިޑް ފޯކަލް ޕައިންޓަކަށް ހަމަޖައްސަވަން ނިންމެވީ އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު ފުރުއްވަމުން ދާ އެއަތޮޅަކަށް ނިސްބަތްވާ ފަރާތްތަކުންނެވެ.

ފޯކަލް ޕޮއިންޓުންގެ ދައުރަކަށްވާނީ އެ އަތޮޅެއްގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް ހެލްތު އެމަޖެންސީ އޮޕަރޭޝަން އޮޕަރޭޝަން ސެންޓަރަށާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަދި އެކަން ހިނގާ ނުހިނގާ ގޮތް މޮނީޓާކުރުމެވެ.

އާތިފަކީ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަމާއި ރައީސްކަން ދިގު މުއްދަތަށް ފުރުއްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި އެ ބަލީގައި މަރުވާ މީހުންގެ އަދަދުވަނީ އިތުރުވެފައި އެވެ. އެގޮތުން ބަލި ފެނި 70 އަށްވުރެ ގިނަ ރަށް މޮނިޓަރިންގ އޮތްއިރު މިބަލީގައި 159 މީހުން ވަނީ ނިޔާވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293