twitterviber whatsapp telegramfacebookyoutube instagram
7th March 2026

އާތިފްގެ ތާއީދު ފަރޭއަށް

އަބްދުލް ވާހިދު ޙަސަން
Apr 14, 2024
3

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ބަލިވި ކެންޑިޑޭޓް، އަހުމަދު އާތިފް ޕީއެންސީގެ ކެންޑިޑޭޓް ފަރުހަތު މުހައްމަދު (ފަރޭ) އަށް ތާއިދުކުރަން ނިންމައިފި އެވެ.

އާތިފްއާ ވާދަކުރައްވާ އެމްޑީޕީގެ ދެކުނު ދާއިރާގެ ޓިކެޓް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އާތިފަކީ މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ފަރޭއަށް ތާއިދުކުރާކަން އާތިފް ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވާފަ އެވެ.

އާތިފް ވަނީ މީގެ ކުރިން ކުޅުދުއްފުށީ މޭޔަރުކަމުގެ މަގާމަވެސް ކުރިމަތިލެއްވި އެވެ. އެކަމަކު ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމު ލިބިލެއްވުމުން ވާދަނުކުރަން ނިންމެވި އެވެ.

އާތިފް ވަނީ ހދ އަތޮޅު ކައުންސިލްގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް އާތިފް ފުރުއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355