އުރީދޫ މޯލްޑިވްސް އިން އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ޓީޗަރުންނަށާއި ދަރިވަރުންނަށް ހާއްސަ އެޑްއޮންތަކެއް ހަމަޖައްސައިފި އެވެ.
އޮންލައިން ކޮށް ކިޔެވުން ކުރިއަށް ގެންދިޔުމަށް ތައާރަފުކުރި އެ ޕެކޭޖުތަކާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫ ސުޕަނެޓް، ފަސޭހަ ހޯމްބްރޯޑްބޭންޑް އަދި މައިފައި ގެންގުޅޭ ފަރާތްތަކަށް މި އެޑް އޯން ޕެކް ނެގޭނެ ކަމަށެވެ.
ޑޭޓާ ނަގަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި މި އެޑް-އޮން ޕެކްސްތައް އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތަކުން ނެގޭނެ އެވެ.
އެގޮތުން އީޑީޔޫ ހަތް ޖީބީ، 35 ރުފިޔާ އަށް، އީޑީޔޫ 15 ޖީބީ، 90 ރުފިޔާ އަށް އަދި އީޑީޔޫ 30 ޖީބީ، 200 ރުފިޔާ އަށް ލިބޭނެއެވެ.
އޮންލައިން ކޮށް ކިޔެވުން ކުރިއަށް ގެންދިޔުމަށް ތައާރަފުކުރި މި ޕެކޭޖުތަކާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫ ސުޕަނެޓް ފަސޭހަ ހޯމްބްރޯޑްބޭންޑް އަދި މައިފައި ގެންގުޅޭ ފަރާތްތަކަށް މި އެޑް އޯން ޕެކް ނެގޭނެ ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑިޖިޓަލް ހިދުމަތްތަކަށް ބަރޯސާވަން ޖެހިފައިވާ ކަމަށާއި ދަރިވަރުންގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، މުޖުތަމައުގެ ކުރިއެރުމަށް އިސްކަން ދީގެން މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ހައިސިއްޔަތުން ހުރިހާ ދަރިވަރުންނަށްވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބުން މުހިއްމު ކަމަށް އުރީދޫ އިން ދެކޭކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.