twitterviber whatsapp telegramfacebookyoutube instagram
8th September 2024

ޓޫރިޒަމަށް ހުޅުވާލި 16 ރަށުގެ ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

ޚަދީޖާ އާދަމް
Jun 1, 2021

ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި 16 ރަށުގެ ބީލަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެގޮތުން އެ ރަށްތަކަށް ބީލަން ހުށައެޅުުމުގެ ސުންގަޑި އިތުރުކޮށްފައިވަނީ މި މަހު 24 ގެ ނިޔަލަށެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައި އޮތީ މި މަހުގެ 10 ވަނަ ދުވަހުގެެ ކުރިން ބީލަން ހުށަހެޅުމަށެވެ. ނަމަވެސް ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އިންވެސްޓަރުންނަށް ދަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކާއި، ބޯޑަރު ބަންދުކުރުން ފަދަ ކަންތައް އޮތުމުން ބީލަން ހުށަހެޅުމުގެ ސުންގަޑި އިތުރު ކުރީއެވެ.

ޓޫރިޒަމަަށް ފަހުން ހުޅުވާލި 16 ރަށަކީ:

  • ހއ. ވެލިފިނޮޅު
  • ހއ. އަލިދުއްފަރު ފިނޮޅު
  • ހދ. ކުޑަފަރު ފަސްގަނޑު
  • މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު
  • މ. މާއުސްފުށި
  • ތ. ކާއްޑޫ –
  • ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު)
  • ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު)
  • ލ. ކަށިދޫ
  • ލ. ބޮޑުމުންޏަފުށި
  • ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) –
  • ގއ. މާރެހާ
  • ގއ. ފުނަދޫވިލިގިއްލާ
  • ގދ.ކަނޑަހަލަގަލާ
  • ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ
  • ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު

މިރަށްތަކުގެ އެކުއިޒިޝަން އަގުވެސް މީގެ ކުރިން ވަނީ ކުޑަކޮށްފައެވެ. އަގު ކުޑަކުރީ މިވަގުރު އިންވެސްޓުކުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި ރަށްތަކަށް ބީލަން ހުށަހަޅަން ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ވަނީ ހުޅުވާލައިފަ އެވެ. މި އަހަރުގެ ބަޖެޓުގައި ރިސޯޓު ހަދަންް ރަށްތައް ހުޅުވާލައިގެން ދައުލަތަށް އާމްދަނީގެ ގޮތުގައި 608.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ އެކުއިޒިޝަން ކޮސްޓު ކުޑަ ކުރުމުން އާމްދަނީ އަށް އޭގެ އަސަރު ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355