twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑާ ގުޅިގެން ކަސްޓަމަރުންނަށް އަނެއްކާވެސް އުރީދޫގެ ހާއްސަ އޮފާރތަކެއް

ޚަދީޖާ އާދަމް
Jun 1, 2021
1

ކޮވިޑް 19އާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.

2 ޖޫން 2021 އިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފަރތަކާއިއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ހިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މި އޮފަރތައް އަލުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ލިބުމަކީ މުހިންމުކަމެއްކަމުގައި ދެކިގެންކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

"ކޯވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިންދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ޚާއްޞަ އޮފަރތަކާއި އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ހާއްސަ އޮފާތައް:

  • ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި ހަމައަށް އިތުރު ޑޭޓާ
  • ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާއި ހަމައަށް އިތުރު ޑޭޓާ
  • ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު'، 'އެކު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް' ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ.
  • ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް %50އާއި ހަމައަށް އިތުރު ޑޭޓާ
  • ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާ
  • 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
  • ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.
  • އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ
  • މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ
  • ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރައި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުންދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާއިގުޅޭ އެކި ފަރާތްތަކާއި ގުޅިގެން އުރީދޫ އިން މަސައްކަތްކުރަމުން ދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މިއަދު ތައާރަފްކުރެވިފައިވާ ހާއްސަ ހިދުމަތްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/covid19 އަށް ޒިޔާރަތްކުރައްވާ. ގޭގައި ތިއްބަވައިގެންވެސް އުރީދޫގެ ޚިދުމަތްތައް ފަސޭހަކަމާއި އެކު http://ore.do/godigital މެދުވެރިކޮށް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355