twitterviber whatsapp telegramfacebookyoutube instagram
7th May 2024

މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓް މިއަދު ހާމަކުރާނަން: ނަޝީމް

ޚަދީޖާ އާދަމް
Jun 3, 2021
1

ފަރުވާލިބުން ލަސްވެ އިއްޔެ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ ރިޕޯޓް ރޭ ދަންވަރު ނިންމާފައިވާކަމަށާއި އެ ރިޕޯޓް މިއަދުޅ އާންމު ކުރައްވާނެކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިޝްކާގެ ފަރުވާ ލަސްވުމުގައި އިހުމާލު އެބައޮތް ކަމަށެވެ. އެއީ ކޮން ބައެއްގެ އިހުމާލެއްކަން ސާފުވާނީ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެެ.

މިނިސްޓަރުވަނީ ރޭގެ ބައްދަލުވުމުގައި މިޝްކާގެ މަރުގެ ތަހުގީގު ރޭ ނިމޭނެ ކަމަށްވެސް ވިދާޅުވެފައެވެ. "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެ ރިޕޯޓު ބެއްލެވުމަށް ފަހު މިއަދު ހަވީރު ނިއުސް ކޮންފަރެންސެއް ބާއްވާނެ ކަމަށާއި އެ އަށް ފަހު އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށެވެ.

މިޝްކާ ކޮވިޑަށް ޕޮޒިޓިވެފައި، ކަރަންޓީނުގައި ހުރީ މައިންބަފައިންނާއެކު އެވެ. މިޝްކާގެ ހާލު ސީރިއަސްވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. މިޝްކާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި ވަރަށް ބޮޑަށް ހާލު ސީރިއަސްވެފަ އެވެ. މިޝްކާ ނިޔާވީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ފަހުންނެވެ.

އެ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އެވެ. އެއާއެކު ނަސީމް އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެފައި ވެ އެވެ. އެކަމަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާނީ އެ ކަން ބެއްލެވުމަށް ފަހު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355