twitterviber whatsapp telegramfacebookyoutube instagram
17th November 2025

ސްޓޫޑެންޓް ލޯންތައް މިއަހަރުގެ ނިޔަލަށް ފަސްކުރަން ނިންމައިފި

ޚަދީޖާ އާދަމް
Jun 9, 2021

ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކޮށްފި އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ރާއްޖޭގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ސްޓޫޑެންޓް ލޯނުތައް ހަ މަސްދުވަހުގެ ނިޔަލަށް ދެފަހަރެއްގެ މަތިން ފަސްކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355