twitterviber whatsapp telegramfacebookyoutube instagram
1st January 2026

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 9, 2021
4

ކުޅުދުއްފުއްޓާއި މާލެއާ ދޭތެރޭ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ހުރެގެން ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކުމުންނެވެ.

45 އަހަރުގެ މި ފިރިހެން މީހަކީ ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފަޅުވެރިޔެކެވެ. ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުންދާއިރު މޮނިޓަރިންގއަށް ލުމާމެދު އަދި ގޮތެއް ނުނިންމާކަމަށް އޮފިސަރަކު ވިދާޅުވި އެވެ.

މިދިޔަ މެއިމަހުވެސް ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައި އެވެ. އަދި މިހާރުވެސް ހދ އަތޮޅުގެ ބައެއް ރަށްތަކުންވެސް ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ.

އެގޮތުން ހަނިމާދޫ އާއި މަކުނުދޫ އަދި ނޭކުރެންދޫވެސް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފަ އެވެ. މިތަނުން އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ނޭކުރެންދޫގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355