twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގާއިރު ބިން ނުގެއްލޭނެގޮތަށް ކަންކަން ރާވަން ޖެހޭ: ރިލޭ

އަބްދުލް ވާހިދު ޙަސަން
Jun 9, 2021
1

ކުޅުދުއްފުށީ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ހިންގައި އިރު ބިން ނުގެއްލޭނެ ގޮތްތަކަށް ކަންކަން ރާވަން ޖެހޭކަމަށް ކުޅުދުއްފުށީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވެއްޖެ އެވެ.

ރިލްވާން މިހެން ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓަށް ނެގި ގޯތިތަކުގެ ތެރެއިން 6 ގެޔެއްގެ ބިމުގެ ބަދަލު އަދިވެސް ހަމަޖެހިފައިނުވާތީ އެ 6 ގެއަށް ބިމުގެ ބަދަލު ހަމަޖައްސަން ބުދަ ދުވަހު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން ރިލްވާން ވިދާޅުވީ، 29 ހެކްޓަރުގައި ބިމެއްގައި އެޅެން އޮތް އެ އެއާޕޯޓް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުން 41 ހެކްޓަރު ބިން ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ ކުޅުދުއްފުށީ ފަދަ ބިމުގެ ޖާގަ އިންތިހާއަށް ދަތިވެފައިވާ ރަށްތަކުގެ ރައްޔިތުން ކަންބޮޑުވާން ޖެހޭނެ މައްސަލައެއް ކަމަށެވެ.

"29 ހެކްޓަރުގެ ބިމެއްގައި އެޅެން އޮތް އެއާޕޯޓެއް 41 ހެކްޓަރު ބޭނުންކޮށްގެން އެއާޕޯޓް އެޅީމަ ދިމާވެގެން އުޅޭ މައްސަލަ މިއީ. މިރަށް މިއޮތީ ވަރަށް ބޮޑަށް ބިމަށް ޖެހިފަ. އަނެއްކާވެސް މިފެންނަނީ އެއާޕޯޓް މަޝްރޫއުއާ ގުޅިގެން އަދިވެސް ރަށު ތެރެއިން ބިން ގެއްލިގެންދާތަން .މިއީ އަޅުގަނޑުމެން ހަމަ ކަންބޮޑުވާން ޖެހޭ ކަމެއް." ރިލުވާން ވިދާޅުވި އެވެ.

ރިލުވާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ޕްރޮޖެކްޓްތައް ހިންގައިރު ބިން ނުގެއްލޭނެގޮތަކަށް ކަންކަން ރާވަންޖެހޭ ކަމަށެވެ. މި އެޖެންޑާގައި ވާހަކަދެއްކެވި އެހެން ކައުންސިލަރުންވެސް ވަނީ ބިން އިސްރާފުނުވާނެހެން ޕްރޮޖެކްޓްތައް ހިންގުމަށް ބަހުސްކުރައްވާފަ އެވެ.

އެގޮތުން އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކަށް ބިންދޫކުރާއިރު ބިންތައް ހަލާކު ނުވާނެ ގޮތަކަށް ބިންދޫކުރުން އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ބިމުން އެންމެ ރަނގަޅަށް މަންފާ ނުކުންނާނެ ޕްރޮޖެކްޓްތައް ގެނެވޭނެ ގޮތަކަށް ޕްލޭންކުރެވިގެން ބިންދޫކުރުން މުހިންމުކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355