twitterviber whatsapp telegramfacebookyoutube instagram
18th April 2024

އެއާޕޯޓަށް ނެގި 6 ގެއަކަށް އަދިވެސް ބިން ހަމަނުޖެއްސި، ކައުންސިލަރުންގެ ކަންބޮޑުވުން

- އެއާޕޯޓް ސަރަހައްދަށް އެރި 6 ގެއަކަށް ބިން ހަމަޖައްސަން ވަނީ ފާސްކޮށްފަ
- އެރައްޔިތުން ބިމުގެ ހައްގުން މަހުރޫމުވެފައިވާތީ މެމްބަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ
- ބިން ހަމަޖެއްސުމުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލި

އަބްދުލް ވާހިދު ޙަސަން
Jun 12, 2021
5

ކުޅުދުއްފުށީ އެއާޕޯޓަށް ނެގި ގޯތިތަކުގެ ތެރެއިން ބިން ހަމަނުޖެއްސި ހުރި 6 ގެޔަކަށް ބިން ހަމަޖެއްސުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ތަރައްގީކުރުމަށް ޖުމްލަ 18 ގެއެއް ނެގި އެވެ. އެ ގެތަކުގެ ބަދަލުގައި އެހެން ސަރަހައްދުތަކުން ބިން ހަމަޖެއްސި އެވެ. އެކަމަކު މިހާތަނަށް އައިރުވެސް އެ ސަރަހައްދުން ނަގަން ޖެހޭ 6 ގެއެއްގެ ބިމުގެ ބަދަލު އޮތީ ހަމަނުޖެއްސި އެވެ.

6 ގެއަށް ބިން ކަނޑައެޅުމަށް ބުދަ ދުވަހު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، އެއާޕޯޓް ސަރަހައްދަށް އަރާ 6 ގެއެއްގެ ރައްޔިތުން ބިމުގެ ހައްގުން މަހުރޫމުވެފައިވާ ކަމަށާ އެ ފަރާތްތަކަށް ނެގި ގޯތީގެ ބަދަލުގައި ހަމަޖައްސަން ޖެހޭ ބިން ހަމަޖެއްސުން އަވަސްކުރަން ޖެހޭ ކަމަށެވެ.

މެދު ދެކުނު ދާއިރާގެ މެމްބަރު އާތިފާ އަލީ ވިދާޅުވީ، ރަށުތެރޭގައި ހުރި ހުސްބިންތަކުން މި ގެތަށް ބިން ދޫކުރެވިދާނެ ކަމަށާއި އެ މަސައްކަތް އަވަސްކުރުމަށް އޭނާވެސް ވަނީ އެދިވަޑައިގެންފަ އެވެ. މި އެޖެންޑާއަށް ވާހަކަދެއްކި އެހެން މެމްބަރުންވެސް ބަނީ މި ގެތަށް ދޫކުރުން ލަސްވުމުން ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

މެމްބަރުންގެ ވާހަކަގައި ފާހަގަކުރެއްވީ ރަށުތެރޭގައި ވަކިވަކިން ހުރި ބިންތަކުން އެ ގޯތިތަކަށް ބިން ހަމަޖެއްސުމަށެވެ. އެގޮތަށް ހުރިހާ ކައުންސިލަރުންވެސް ތާއިދުކޮށް ވާހަކަދެއްކެވި އެވެ. އަދި އެގޮތަށް ބިން ކަނޑައެޅުމަށްވެސް ހުރިހާ ކައުންސިލަރުންގެ އިއްތިފާގު ފާސްކުރި އެވެ.

"އަޅުގަނޑުވެސް ކަންބޮޑުވުންފާޅުކުރަން ބޭނުން މިހާ ގިނަ ދުވަސްވީރުގައި އެއާޕޯޓް އަޅަން ޖެހިއްޖެގެން ނެގުނު ގެތަކަކަށް ބަދަލުދިނުން ލަސްވެގެންދާތީ. އެހެން މިހާރުވެސްވީ އެންމެ މުހިންމުކަމަށް ބަލައިގެން އަވަސްކުރުމަށް. ރަށުތެރެއިން ހުރި ތަންތަން ބަލާފައި އެތަންތަނުން ގެ ދޫކުރުން." ރޯޒޭ ވިދާޅުވި އެވެ.

ރޯޒޭ ވިދާޅުވީ، ގެތަކަށް ބިން ކަނޑައަޅަން ވާނީ ގުރުއަތަކުން ކަމަށާއި އެންމެ އިންސާފުވެރި ގޮތެއްކަމަށް ވާނީ އެހެންކަމަށެވެ. އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ ބިންތައް ހަލާކު ނުވާނެ ގޮތަށް ބިން ދޫކުރުމުގައި ސަމާލުވާން ޖެހޭނެ ކަމަށާއި އެންމެ ރަނގަޅު މަންފާ ނުކުންނާނެ ޕްރޮޖެކްޓްތައް ގެނެވޭނެ ގޮތަކަށް ޕްލޭންކުރެވި ބިންދޫކުރުން މުހިންމު ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ނެގި ގެތަކުގެ ތެރެއިން ބައެއް ގެތަކަށް ކުރީގެ ކައުންސިލުންވެސް ބިން ހަމަޖެއްސި އެވެ. އެގޮތުން އެ ކައުންސިލުން ފުރަތަމަ ނިންމީ 18 މަސްޖިދުލް ފިރުދައުސް ކައިރިން ބިންދޫކުރުމަށެވެ. އެކަމަކު އެ ނިންމުން އޭރުގެ ހައުންސިންގ މިނިސްޓްރީން ބަދަލުކޮށް ތިން ސަރަހައްދަކުން ބިން ކަނޑައެޅުމަށް އެނގި އެވެ.

އެހެންވެ ގެތަކަށް ބިން ދޫކޮށްފައިވާ ފިރުދައުސް މިސްކިތް ސަރަހައްދުންނާއި ހިރަފުސް ދަނޑު ސަރަހައްދުން އަދި ކަސްޓަމްސް އޮފީސް ސަރަހައްދުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355