twitterviber whatsapp telegramfacebookyoutube instagram
15th August 2026

މިރޭ ކުޅެވުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އީގެ ފުރަތަމަ މެޗުގައި ޕޮލެންޑްގެ މައްޗަށް ސްލޮވޭކިއާއިން ކުރިހޯދައިފި

މުޙައްމަދު އަހުމަދު
Jun 15, 2021

މިރޭ ސެއިންޓް ޕީޓަސްބާގުގައި ރޮބާޓް ލެވަންޑޯސްކީގެ ޕޮލެންޑްގެ މައްޗަށް ސްލޮވޭކިއާއިން ކުރިހޯދައިފިއެވެ.

2 – 1 ގެ ނަތީޖާއަކުން ޕޮލެންޑްގެ މައްޗަށް ސްލޮވޭކިއާއިން ކުރި ހޯދިއިރު މި މެޗަކީ ބޮޑު މުބާރާތެއްގައި މިދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. މިދެ ޓީމު މިހާތަނަށް ބައްދަލުކުރި 8 މެޗުގެ ތެރެއިން 4 މެޗުން ސްލޮވޭކިއާ މޮޅުވިއިރު އަނެއް ތިން މެޗުން މޮޅުވީ ޕޮލެންޑެވެ. އަދި އެ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ސްލޮވޭކިއާއިން ލީޑު ނަގާފައިވަނީ 18 ވަނަ މިނެޓުގައި ޕޮލެންޑްގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑާއެކީއެވެ. މިއީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ބައިކޮޅަށް ވަން ދެވަނަ ލަނޑެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ރައިބަސް ހުރަސް ކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޮލެންޑަށް ނަތީޖާ ހަމަކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ކެރޮލް ލިނެޓީ އެވެ. މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ ފުރަތަމަ ރަތް ކާޑު މި މެޗުގައި ދައްކައި ޕޮލެންޑްގެ ކުރުކޮވިއެކް ވަނީ ދަނޑުން ފޮނުވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355