twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އެންމެންގެ ސަމާލުކަން މިރޭ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފުރާންސާ ޖަރުމަނު ބައްދަލުކުރާ މެޗަށް

މުޙައްމަދު އަހުމަދު
Jun 15, 2021

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފުރާންސް ނުކުންނާނީ ގަދަފަދަ ޖަރުމަނާ ދެކޮޅަށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް ހަތަރު ފަހަރު ޖަރުމަނުން ކާމިޔާބު ކޮށްފައިވާއިރު ފުރާންސުން ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕު ކާމިޔާބުކޮށްފަ އެވެ. ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިމެޗު ވެގެން ދާނީ މިމުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކުޅެވޭ އެންމެ ވަރުގަދަ އެއް މެޗަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ފުރާންސުން ވަނީ އެޓިމު އެންމެފަހުން ކުޅުން 20 މެޗުގެ ތެރެއިން 16 މެޗުން މޮޅުވެ 3 މެޗުން އެއްވަރުވެފައެވެ. ބަލިވީ އެންމެ މެޗަކުންނެވެ.

ޖަރުމަނުން މިމެޗަށް ނުކުންނާނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ކަޓައި ކުރަން ޖެހުނު ހިތި ތަޖުރިބާގެ ބަދަލު ހިފާށެވެ. އެފަހަރުގެ ބައްޔާއި ގުޅިގެން ސްކޮޑުން ބާކީވި ދެ ކުޅުންތެރިއަކު މިފަހަރުގެ މުބާރާތުގައި ކުޅޭނެއެވެ. އެއީ ތޯމަސް މުލާއާއި މެޓް ހަމަލްސްއެވެ.

ޖަރުމަން ސްކޮޑް:

ގޯލްކީޕަރުން: މެނުއަލް ނޯޔާ، ބާންޑް ލެނޯ، ކެވިން ޓްރެޕް.

ޑިފެންޑަރުން: މެތައަސް ގިންޓާ، ރޮބިން ގޯޒަންސް، ކުރިސްޓަން ގުންޓާ، މާސެލް ހަލްސްޓަންބާގް، މެޓް ހހަމަލްސް، ލޫކަސް ކުލޯސްޓަރމަން، ރޮބިން ކޮޗް، އެންޓޯނިއޯ ރުޑިގާރ، ނިކްލަސް ސޫލް.

މިޑްފީލްޑަރުން: އެމްރޭ ކޭން،ސާޖް ގުނެބްރީ، ލިއޯން ގޮރެޓްޒްކާ، އިލްކޭ ގުންޑޮގަން، ކައި ހަވާޓްޒް، ޖޯނަސް ހޮފްމަން، ޖޯސުއާ ކިމިޗް، ޓޮނީ ކުރޫސް.

ފޯވާޑުން: ތޯމަސް މުލާ، ޖަމާލް މުސިއާލާ، ލެރޯއީ ސާނޭ، ކެވިން ވޮލެންޑް، ފުލޮރިއަން ނީހައުސް، ޓިމޯ ވާނަރ.

ފުރާންސް ސްކޮޑް:

ގޯލްކީޕަރުން: ހޫގޯ ލޮރިސް، ސުޓީވް މަންޑަންޑަންޑާ، މައިކް މެއިގްނަން.

ޑިފެންޑަރުން: ބެންޖަމިން ޕަވާޑް، ޕުރެސްނެލް ކިމްޕެންބޭ، ރަފައޭލަ ވަރާން، ކްލިމެންޓް ލިންގްލެޓް، ކާޓް ޒޫމާ، ލޫކަސް ޑިގްނޭ، ލޫކަސް ހަނާންޑޭޒް، ލިއޯ ޑުބޮއިސް، ޖޫލްސް ކުންޑޭ.

މިޑްފީލްޑަރުން: ޕޯލް ޕޮގްބާ، ތޯމަސް ލެމާރ، ކޮރެންޓިން ޓޮލީސޯ، އެންގޯލޯ ކާންޓޭ، އެޑްރިއެން ރެބިއޮޓް، މޯސާ ސިސޯކޯ، ކިންގްސްލޭ ކޯމަން.

ފޯވާޑުން: އެންޓުއާން ގުރީޒްމަން، އޮލިވިއާ ޖިރޫޑް، ކީލިއަން އެމްބާޕޭ، އޮސްމާނޭ ޑެމްބެލޭ، ކަރިމް ބެންޒިމާ، ވިސާމް ބެން ޔެޑާރ، މާކަސް ތުރާމް.

ޖަރުމަނުގެ ކޯޗު ޖޯކިމް ލޯ ބުނާ ގޮތުގައި ދެޓީމުގެ ވެސް އޮތީ ވަރަށް ވަރުގަދަ ފޯވާޑް ލައިނެކެވެ. މެޗުގައި އެކުޅުންތެރިންނަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެކަމަށާ ކުޅުންތެރިންގެ ހުރިހާ މޫވްއަކަށް ވިސްނައިގެން ކުޅެން ޖެހޭނެކަމަށް ވޭތުވެދިޔަ 15 އަހަރުވަންދެން ކޯޗުކަން ކޮށްދިން ޖޯޗިމް ލޯ ބުންޏެވެ. މިއީ ޖަރުމަނާއެކު އޭނާގެ ފަހު މުބާރާތެވެ.

ޖަރުމަނުން މިރޭ ލެސް ބުލޫސްއާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރުއެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ ޖަރުމަނުގެ އެލިއަންޒް އެރީނާގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355