twitterviber whatsapp telegramfacebookyoutube instagram
28th June 2026

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރޮނާލްޑޯގެ ދެލަނޑުން ހަންގޭރީގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދައިފި

މުޙައްމަދު އަހުމަދު
Jun 16, 2021

ރޮނާލްޑޯގެ ދެލަނޑާއެކު ހަންގޭރީގެ މައްޗަށް ކުރިހޯދައި ޕޯޗުގަލުން ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

މިލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީޙުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މީގެ ކުރިން މިރިކޯޑު އޮތީ ފުރާންސްގެ މިޝޭލް ޕުލެޓިނީ އަތުގައެވެ.

މިރޭ ޕޯޗުގަލްއާއި ހަންގޭރީ ބައްދަލުކުރި މެޗު 3 – 0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނެތެވެ. ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ދެޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފައެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވެނީ 47 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޕެޕޭއަށް ލިބުނު ފުރުސަތެވެ. ބުރޫނޯ ފަނާންޑޭސް ނަގައިދިން ހުރަހަކުން ޕެޕޭ ފޮނުވާލި ހަމަލާ ހަންގޭރީގެ ކީޕަރުވަނީ މަތަކޮށްފައެވެ.

އޭގެ 10 މިނެޓު ފަހުން ހަންގޭރީއަށް ވެސް ވަނީ ލަނޑު ޖަހަން ވަރަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ހަންގޭރީގެ ކުލެއިންހެއިސްލަރ ސައްލާއިއަށް ޖައްސާލި ބޯޅަ އެއްފަހަރުން އޭނާ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ޕޯޗުގަލްގެ ކީފަރު ޕެޓްރީސިއޯ ވަނީ ދިފާއުކޮށްފައެވެ.

މިގުރޫޕްގެ ދެވަނަ މެޗު މިހާރު އެބަކުޅެވެމުން ދެއެވެ. މިމެޗުގައި ބައްދަލުކުރަނީ ފްރާންސާއި ޖަރުމަނެވެ. މިމެޗު ފެށީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖެހިއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355