twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޑެންމާކް ބަލިކޮށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ބެލްޖިއަމް ދަތުރުކޮށްފި

މުޙައްމަދު އަހުމަދު
Jun 17, 2021

މިރޭ ޑެންމާކްގެ ޕާކެން ސްޓޭޑިއަމްގައި ޑެންމާކާ ބެލްޖިއަމް ބައްދަލުކުރި މެޗު ބެލްޖިއަމުން ކާމިޔާބުކޮށްފިއެވެ. މިމެޗު ބެލްޖިއަމުން ކާމިޔާބުކުރީ ފަހަތުން އަރާ ޖެހި ދެލަނޑުންނެވެ.

މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ ޑެންމާކުން ވަނީ ބެލްޖިއަމްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޑެންމާކުން ބެލްޖިއަމް ކޮޅަށް 21 ހަމަލާއެއް ފޮނުވާލާފައިވާއިރު ބެލްޖިއަމްއަށް ފޮނުވާލެވިފައިވަނީ އެންމެ 6 ހަމަލާއެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޑެންމާކުންނެވެ. މެޗުގެ 2 ވަނަ މިނެޓުގައި ޑެންމާކުގެ ހޮޖްބާގު އެޓީމުގެ ޕައުލްސަންއަށް ޖައްސާލި ބޯޅަ އޭނާވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފު ފެށިގެން 9 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ޖައްސާލި ބޯޅައަކުން ބެލްޖިއަމްގެ ތޯގަން ހަޒާޑް ވަނީ ބެލްޖިއަމަށް މެޗުގެ ނަތީޖާ ހަމަކޮށްދީފައެވެ. މިހިސާބުން ކްރިސްޓަން އެރިކްސަންއާ ނުލައި ކުޅުނު ޑެންމާކުން ވަނީ މެޗުގެ ލީޑު އަލުން ހޯދުމަށް ވަރަށް ބޮޑަށް ހިފާލާފައެވެ. މެޗުގެ ޝޮޓުގެ އަދަދު މިކަމުގެ ހެއްކަކަށް ފުދެއެވެ.

މެޗުގައި ބެލްޖިއަމުން ފަހަތުން އަރާ އެޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޗެމްޕިއަންސް ލީގު ފައިނަލްގައި ލިބުނު އަނިޔާއިން ރިކަވާވެގެން އެނބުރި އައި ކެވިން ޑިބްރޭނާއެވެ. މިލަނޑަކީ ލުކާކޫއާއި އެޑެން ހަޒާޑާއި ޓިއެލްމަންސްގެ ބައިވެރިވުމާއެކު ކާމިޔާބުކުރި ރީތި ލަނޑެކެވެ. މިހިސާބުން ޑެންމާކުން ލަނޑެއް ޖެހުމަށް ވަރަށް ގަދައަށް ހިފާލިއެވެ. ނަމަވެސް ނަސީބު ދެރަކަމުން އެޓީމުން ފޮނުވާލި އެންމެ ހަމަލާއެއްވެސް ވަނީ ގޯލަށް ވަންނަ ގޮތް ނުވެފައެވެ.

މިމެޗުންވީ ބައްޔާއެކު ޑެންމާކަށް މުބާރާތުގައި އިތުރަށް ދެން ކުރިއަށް ދިއުމަށް އެޓީމަށް އޮތް އަމިއްލަ ބާރުވަނީ ގެއްލިފައެވެ. އެޓީމަށް ދެން ޖެހޭނީ ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް އަނެއް މެޗުން ނުކުންނަ ނަތީޖާއަކަށް އިންތިޒާރުކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355