twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އޮސްޓްރިއާ ބަލިކޮށް ނެދަލޭންޑްސްއިން ރައުންޑް އޮފް 16އަށް ދަތުރުކޮށްފި

މުޙައްމަދު އަހުމަދު
Jun 18, 2021

އެމްސްޓެޑަމް، ނެދަލޭންޑްސް (ޖޫން 18) ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސީގައި ރޭ ކުޅެވުނު މެޗުގައި މެމްފިސް ޑިޕޭއާއި ޑެންޒެލް ޑަމްފްރައިސް ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު އޮސްޓްރިއާ ބަލިކޮށް ނެދަލޭންޑްސްއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މެޗުގެ 10 ވަނަ މިނެޓުގައި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ނެދަލޭންޑްސްގެ ޑަމްފްރައިސްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ ނެދަލޭންޑްސްއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ލީޑު އެޓީމަށް ނަގައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 10 މެމްފިސް ޑިޕޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ނެދަލޭންޑްސް ކުރީގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ނެދަލޭންޑްސުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑަކީ ނެދަލޭންޑްސްގެ ޑިޕޭ އެޓީމުގެ މަލެންއަށް ޖައްސާލި ބޯޅަ އޭނާ ގޯލުކުރިމަތިން ޑަމްފްރައިސްއަށް ހުރަސްކޮށްލުމުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި އޮސްޓްރިއާއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފައެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ސްވިޑެންއާ ސްލޮވޭކިއާއެވެ. އަދި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކޮރޭޝިއާއާއި ޗެކް ރިޕަބްލިކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355