twitterviber whatsapp telegramfacebookyoutube instagram
31st December 2025

ޕެރޫ ބަލިކޮށް ކޮޕާ އެމެރިކާގައި ބްރެޒިލްއަށް ފަސޭހަ މޮޅެއް

މުޙައްމަދު އަހުމަދު
Jun 18, 2021

ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި މިއަދު ބްރެޒިލްގެ ރިއޯ ޑިޖެނޭރޯގައި ބްރެޒިލާ ޕެރޫ ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ބްރެޒިލުން ކާމިޔާބުކޮށްފިއެވެ.

ރާއްޖެ ގަޑިން ފަތިހު 5 ޖެހިއިރު ކުޅެވުނު މިމެޗު ބްރެޒިލުން ކާމިޔާބުކުރީ 4 – 0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 12 ވަނަ މިނެޓުގައި ބްރެޒިލްގެ އެލެކްސް ސާންޑްރޯގެ ފަރާތުންނެވެ. ގެބްރިއަލް ޖީސަސް ގޯލުކުރިމަތިން ހުރަސް ކޮށްލި ބޯޅަ ސާންޑްރޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 1 – 0 ން ބްރެޒިލް ކުރީގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ލަނޑު ބްރެޒިލަށް ކާމިޔާބުކޮށްދިނީ އޭރިއާ ބޭރުގައި ހުރެފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ނޭމާއެވެ. ޕެރޫއަށް މެޗުގައި ބްރެޒިލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވާއިރު ބްރެޒިލުން ވަނީ ޕެރޫގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގެ 3 ވަނަ އަދި ހަތަރު ވަނަ ލަނޑު ބްރެޒިލުން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެގޮތުން 3 ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެވަޓަން ރިބޭރޯއެވެ. މިއީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިން ރިކާލްސަން ޖައްސާލި ބޯޅައަކުން ރިބޭރޯ ޖެހި ލަނޑެކެވެ.

މިމުބާރާތުގެ މެޗެއް ދެން ކުޅޭނީ މާދަމާ މެންދަމު 2 ޖަހާއިރުއެވެ. މިމެޗުގައި ބައްދަލުކުރާނީ ޗިލީއާ ބޮލީވިއާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355