twitterviber whatsapp telegramfacebookyoutube instagram
7th April 2025
ADVERTISEMENT
ލަނޑުޖެހުމަށް ފަހު ސްވިޑެންގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވޭކިއާ ބަލިކޮށް ސްވިޑަންއިން ގުރޫޕް އީގެ އެއްވަނައަށް

މުޙައްމަދު އަހުމަދު
Jun 18, 2021

ސްލޮވޭކިއާ ބަލިކޮށް ސްވިޑަންއިން ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެޓީމު ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށްފިއެވެ. މިމެޗު ސްވިޑަންއިން ކާމިޔާބުކުރީ 1 – 0 ގެ ހަނި ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން އެހާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައި ނުވާއިރު މިއީ ބޮޑު މުބާރާތެއްގައި މިދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މިހާފުގައި ސްލޮވޭކިއާގެ ކުކާއަށް ވަނީ ލަނޑުޖަހާނެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ހެމްސިކް ނަގައިދިން ހުރަހަކުން ކުކާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.

މެޗަށް ފަހު ސްވިޑެންގެ ކުޅުންތެރިން

ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސްވިޑަންގެ އެމިލް ފޯސްބާގުވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑެވެ. މެޗުގައި ސްލޮވޭކިއާއަށް ނަތީޖާ ހަމަކުރަން ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގެ 5 ވަނަ މިނެޓުގައި ސްލޮވާކިއާގެ ކުކާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މިމުބާރާތުގައި މިރޭ 9 ޖަހާއިރު ކޮރޭޝިއާއާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު މިހާރު ފަށައިގެން އެބަ ކުރިއަށްދެއެވެ. އަދި މިމުބާރާތުގެ މެޗެއް މިރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު ކުޅެވޭނެއެވެ. މިމެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާ ސްކޮޓްލޭންޑެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com