twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

މުޙައްމަދު އަހުމަދު
Jun 19, 2021

އިންގްލޭންޑާއި ސްކޮޓްލޭންޑްގެ 115 ވަނަ ބައްދަލުވުމުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް ކޮށްގެން އިންގްލޭންޑުން ކުޅުނު ކަމުގައި ވިއަސް މެޗުގައި ގިނަ ހަމަލާތައް އުފައްދާފައިވަނީ ސްކޮޓްލޭންޑުންނެވެ. ސްކޮޓްލޭންޑުންވަނީ އިންގްލޭންޑުގެ ގޯލަށް 11 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ގޯލާ އަމާޒުވެފައިވަނީ އެންމެ ދެ ހަމަލާއެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި ސްކޮޓްލޭންޑަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސްކޮޓްލޭންޑްގެ ޝީ އެޑަމްސް ފޮނުވާލި ހަމަލާއަށް ހުރަސް އެޅީ އިންގްލޭންޑްގެ ކުޅަދާން ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. ސްޓޯންސްވަނީ މިހަމަލާ ބްލޮކް ކޮށްލާފައެވެ.

މިހާފުގައި އިންގްލޭންޑްގެ ސްޓޯންސްއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މޭސަން މައުންޓް ނަގައިދިން ކޯނަރު ސްޓޯންސް ބޮލުން ފޮނުވާލިއިރު އޭނާގެ ކައިރީގައި ސްކޮޓްލޭންޑްގެ ކުޅުންތެރިއަކު ފެންނާކަށްނެތެވެ. މޭސަން މައުންޓް ތަނަވަސްކޮށްދިން މިފުރުސަތުގައި ސްޓޯންސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލު ދަނޑިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 4 ވަނަ މިނެޓުގައި އިންގްލޭންޑްގެ މޭސަން މައުންޓަށް ވަނީ މެޗުގައި އިންގްލޭންޑަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލޫކް ޝޯ ޖައްސާލި ބޯޅަ މައުންޓް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލިނަމަވެސް ސްކޮޓްލޭންޑްގެ ކީޕަރު މާޝަލް ވަނީ ހުސިޔާރުކަމާއެކު މިހަމަލާ ދިފާއުކޮށްފައެވެ.

މިހާތަނަށް ކުޅުނު ދެމެޗުން ލިބުުނު 4 ޕޮއިންޓާއެކު ގުރޫޕް ޑީގެ ދެވަނައިގައި އިންގްލޭންޑް އޮތްއިރު ސްކޮޓްލޭންޑް އޮތީ ގުރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާއެކުގައެވެ. މިގުރޫޕްގެ އެއްވަނައިގައި އޮތީ ޗެކް ރިޕަބްލިކެވެ. އަދި ތިންވަނައިގައި އޮތީ ކޮރޭޝިއާއެވެ.

މިމުބާރާތުގައި މިއަދު ކުޅެން އޮތް މެޗުތަކަށް ބަލާއިރު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ހަންގޭރީއާ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފުރާންސެވެ. މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލާ ގަދަފަދަ ޖަރުމަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355