twitterviber whatsapp telegramfacebookyoutube instagram
20th September 2026

ރޭންޑަމް ސާމްޕަލެއް ހިމެނޭހެން ފިއްލަދޫން ބަޔަކު ޕޮޒިޓިވްވެއްޖެ

Jun 19, 2021

ހއ ފިއްލަދޫ ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ނެގި އިތުރު ސާމްޕަލްތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފުލޫ ކުލިނިކަށް ދެއްކި މީހާ ޕޮޒިޓިވްވީ މިމަހު 16 ވަނަ ދުވަހު އެވެ. އެ މިހާ ކުލިނިކަށް ދެއްކީ ބަލީގެ އަލާމާތް ހުރެގެން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

އެރަށު ކައުންސިލުން ބުނީ އެ މީހާ ޕޮޒިޓިވްވުމާ ގުޅިގެން ރަށް މޮނިޓަރިންއަށްލާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 36 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެތަނުން 8 މީހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

އެހެންވެ އެ ފަރާތްތަކާ ގުޅުން ހުރި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު އެކަމަށް އެހީތެރިވުމުގެ ގޮތުން މިމަހު 8 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވައިޑްއަވޭކް ކެފޭ އިން ހިދުމަތް ހޯދި މީހުން ސިއްހީ މަރުކަޒަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދުނެވެ.

"މި ދަނޑިވަޅުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުން އެދެމެވެ." ފިއްލަދޫ ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ހޯމް ކަރަންޓީނުގައި ތިބި ހުރިހާ ފަރާތްތަކުންވެސް ކަރަންޓީނު އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ ޓާސްކްފޯސްއިން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް ކައުންސިލުން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293