twitterviber whatsapp telegramfacebookyoutube instagram
1st May 2026

މަޖިލީހުގެ އިންކުއަރީ އަށް މާރިޔާ ހާޒިރުކޮށްފި

ނަބީލާ އިސްމާޢީލް
Jun 21, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ މައުލޫމާތު ދެއްވައިފިއެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުން ނިންމި ނިންމުމާ އެއްގޮތަށް، އިންކުއަރީ ކުރިއަށް ގެންދަނީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. އިންކުއަރީގައި ހޯދާ މައުލޫމާތު ތަކަކީ ނަޝީދުގެ ސިއްރު މައުލޫމާތުތަކާއި ސަލާމަތީ ބާރުތަކުގެ ސިއްރު މައުލޫމާތުތަކަކަށް ވާތީ ކޮމިޓީގެ ހުރިހާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

މާރިޔާ މިއަދު ހާޒިރު ކުރިއިރު، އިންކުއަރީގައި ސުވާލުކުރަން ސިފައިންގެ ވެރިންނާއި ވަކިވަކި ސިފަައިންގެ އެތައް ބަޔަކު މީގެ ކުރިން ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް އޮފިސަރުން ވަނީ ދެވަނަ ބުރަށް ވެސް 241 ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

މާރިޔާ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފައި މިވަނީ އޭނާ ކޮމިޓީއަށް ހާޒިރުކުރުން ލަސްވެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355