twitterviber whatsapp telegramfacebookyoutube instagram
20th May 2026

ނަފުރަތުގެ ބިލު ފާސްނުކުރުމަށް ހަނިމާދޫ ކައުންސިލުން ގޮވާލައިފި

މުޙައްމަދު އަހުމަދު
Jun 22, 2021

ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތް) އިސްލާހުކޮށް އެ ގާނޫނަށް "ނަފްރަތުގެ އަމަލު ހިންގުން" މި ނަމުގައި މާއްދާއެއް އިތުރުކުރުމަށް މިހާރު ހުށައަޅާފައިވާ އިސްލާހުގެ ނަމުގެ ބިލު މިހާރު ހުށައަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރުމަށް ހަނިމާދޫ ކައުންސިލުން ގޮވާލައިފި އެވެ.

"ނަފުރަތުގެ ބިލު ފާސްކުރުމާދެކޮޅު" މިނަމުގައި އެ ރަށު ކައުންސިލް ތިން މެމްބަރަކު ސޮއިކުރައްވައި މިއަދު ނެރުނު ތިން ފޮޅުވަތުގެ ކުރު ބަޔާނުގައި ބުނެފައިވަނީ ބިލު މިހާރު ހުށަހަޅާފައިވާ ގޮތަށް ފާސްނުކުރުމަށެވެ. އެ ބަޔާނުގައި ސޮއިކުރައްވާފައިވަނީ ނައިބު ރައީސް ފިރާގު މުހައްމަދާއި ކައުންސިލަރު އަލީ އިބުރާހިމް އަދި ކައުންސިލަރު ނާޒިޔާ ހަސަނެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތު (ގާނޫނު ނަންބަރ 9/2014) އަށް އިސްލާހެއް ގެނައުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން 2021 މެއި 25 ވަނަ ދުވަހު ރައްޔިތުން މަޖުލީހަށް ބިލެއްވަނީ ހުށަހަޅާފައެވެ.

މި ބިލު ހުށަހަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް ނަންބަރެއް އިތުރުކޮށް، 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލުތައް ހިންގުމަކީ ކޮބައިކަމާ އެއީ ކުށެއްކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355