twitterviber whatsapp telegramfacebookyoutube instagram
13th June 2026

ރާއިފު މަރުގެ މައްސަލާގައި ބަންދުކުރި ބޮޑުމީހާ ޝަރީއަތް ނިމެންދެން، 17 އަހަރުގެ ކުއްޖާއަށް 15 ދުވަހުގެ ބަންދެއް

ނަބީލާ އިސްމާޢީލް
Jun 22, 2021

ރަހުމު ކުޑަގޮތަކަށް މަރާލުމަށްފަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދު މޫދަށް އެއްލާލާފައި އޮއްވާ ރޭ ދަންވަރު ފެނުނު އުންމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ފިރިހެން ކުއްޖާ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފަ އެވެ. އަދި ހަމަ އެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ ދިވެހި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރާ ގޮތަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އުމުރުން 13 އަހަރުގެ ރާއިފް މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ރާއިފަށް މުއައްސަސާތަކުން ދޭން ޖެހޭ ރައްކާތެރެކަން ފޯރުކޮށްދީފައިިވޭތޯ ބެލުމުގެ މަސައްކަތް ވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ ބަލަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355