twitterviber whatsapp telegramfacebookyoutube instagram
19th May 2024

އިންޑިއާއިން ޓީޗަރުން ގެނައީ ރާއްޖޭއިން ޓީޗަރުން ނުލިބުމުން: އެޑިއުކޭޝަން

ނަބީލާ އިސްމާޢީލް
Jun 23, 2021
2

ޢަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދޭނެ ޓީޗަރުން އިންޑިއާއިން ގެނެސްފައިވަނީ އެމާއްދާތައް ކިޔަވައިދޭން، ބޭނުންވާ މިންވަރަށް ދިވެހި ޓީޗަރުން ނުލިބިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކެރެލާއިން ވަނީ 5 ޢަރަބި މުދައްރިސުންނާއި 5، ޤުރުއާން މުދައްރިސުން ގެނެސްފައެވެ. އަދި އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ބުނީ އިންޑިއާއިން ޓީޗަރުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިޢުލާންކޮށް ޓީޗަރުން ލިބިފައި ނުވާތީކަމަށެވެ. އަދި އެ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ޤައުމުތަކުގެ ހައިކަކޮމިޝަން ތަކުގައި އެޑިއުކޭޝަން މިނިސްޓްރީންވަނީ އެހީތެރިކަމަށް އެދިފައި ކަމަށެވެ.

މިނިސްޓްރީން ބުނީ މިހާރު އައިސްފައިވާ ޓީޗަރުންނަކީ އިންޑިއާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިއާގެ ރެކްރޫޓުމަންޓް އޭޖެންސީ އެއްކަމަށް "ނޯކާ ރޫޓްސް" މެދުވެރިކޮށް 2020ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށެވެ.

މި ޓީޗަރުން ރެކްރޫޓްކުރުރުމުގެކުރިން އެދާއިރާއިން ރާއްޖޭގެ ޓީޗަރުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދައްކައި ޓީޗަރުންގެ ދަތިކަންހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ ޓީޗަރުންނަށް ދީފައިވާކަމަށާ، އެ މަޤާމްތަކަށް ރާއްޖޭގައި ޓީޗަރުން ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެޑިއުކެޝަން މިނިސްޓްރީން ބުނެ އެވެ. ދިވެހި ޓީޗަރުން ލިބިއްޖެނަމަ އެ މަޤާމްތަކަށް ދިވެހިން ނަގާނެކަމަށްވެސް މިނިސްޓްރީން މުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355