twitterviber whatsapp telegramfacebookyoutube instagram
7th May 2024

އެެެންމެފަހުގެ ޗެމްޕިއަނުންނަށް ހަމަހަމަ ނިމުމެއް

މުޙައްމަދު އަހުމަދު
Jun 24, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަނުންނާއި ދުނިޔޭގެ ޗެމްޕިއަނުން ބައްދަލުކުރި މެޗު 2 - 2 ން އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗުގައި ޖެހި ދެލަނޑާއެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން އީރާނުގެ އަލީ ދާއީ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އަލީ ދާއީ މިރެކޯޑު ހަދާފައިވަނީ އީރާނަށް 109 ގޯލު ޖަހައިދީގެނެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ފުރާންސަށް ވަނީ ގުރޫޕް އެފްގެ އެއްވަނަ ލިބިފައެވެ. ނަމަވެސް ޕޯޗުގަލް ވަނީ ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ.

މިމެޗުގައި ފުރަތަމަ ލަނޑުޖެހީ ޕޯޗުގަލުންނެވެ. ފުރާންސްގެ ކީޕަރު ހޫގޯ ލޮރިސް ޕޯޗުގަލްގެ ޑަަނީލޯ ޕެރޭރާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރިމް ބެންޒެމާ ވަނީ ފުރާންސަށް ނަތީޖާ ހަމަކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އަނެއްކާވެސް ބެންޒެމާވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ފުރާންސް ކޮޅަށް އަނބުރާލާފައެވެ. ރެފްރީ ފުރަތަމަ ނިންމީ މިލަނޑަކީ އޮފްސައިޑެއް ކަމަށެވެ. ނަމަވެސް ވީއޭއާރްގެ އެހީގައި ފަހުން އެލަނޑުވަނީ ދީފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި އަނެއްކާވެސް ޕޯޗުގަލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އޭރިއާ ތެރެއިން ރޮނާލްޑޯ ހުރަސްކޮށްލަން އުޅުން ބޯޅަ ކޫންޑޭ ވަނީ ބުލޮކްކޮށްފަ އެވެ. ނަމަވެސް ދެވަނަ ފަހަރަށް ރޮނާލްޑޯ ހުރަސްކޮށްލި ބޯޅައިން ސަލާމަތްވެވޭގޮތްނުވެ އެބޯޅަ ޖެހުނީ ސީދާ ކޫންޑޭގެ އަތުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ފުރާންސް ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ. މިމެޗު ކުޅެވޭނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އަދި ޕޯޗުގަލް ނުކުންނާނީ ގަދަފަދަ ބެލްޖިއަމާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355