twitterviber whatsapp telegramfacebookyoutube instagram
13th September 2026

އިތުރު 6 މީހުން ޕޮޒިޓިވްވެ ހަނިމާދޫގެ އަދަދު 56 އަށް

ނަބީލާ އިސްމާޢީލް
Jun 24, 2021

ހދ ހަނިމާދޫއިން ކޮވިޑް-19 ގެ އިތުރު 06 ކޭސް ފެނި އެރަށުގެ އެކްޓިވް ކޭސްގެ އަދަދު 56 އަށް އަރައިފި އެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ނެގި 121 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެކެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހު 7 ވަނަ ދުވަހު ފުލޫ ކްލިނިކުން ނެގި ދެ ސާމްޕަލެކެވެ. އެތަނުން އެއް ސާމްޕަލަކީ ހަނިމާދޫ ސްކޫލް ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ.

އެ މީހުންގެ ސާމްޕަލް ނަތީޖާ މި މަހުގެ 9 ވަނަ ދުވަހު ލިބުމާއިއެކު އެ ރަށްވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293