twitterviber whatsapp telegramfacebookyoutube instagram
9th February 2026

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް

ނަބީލާ އިސްމާޢީލް
Jun 25, 2021

މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޑިޒައިން ކުރުމާއި އެތަން ގާއިމް ކުރުމުގެ އިތުރުން އެތަނަށް ބޭނުންވާ ސާމާނު ސަޕްލަައި ކުރުމުގެ މަސައްކަތް ސަރުކާރުން އިއްޔެ ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ (ސީއެސްސީއީސީ) އާ ކަމަށެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރު، ޒޭންގ ޓާއޯ އެވެ.

އެ މަޝްރޫއުގެ އަގަކީ 11.7 މިިލިއަން ޑޮލަރު (180 މިލިއަން ރުފިޔާ) އެވެ. އެ މަޝްރޫއުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ. މަސައްކަތް އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުވުމުން މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮންޓެއިނަރުތަކުގައި ބެހެއްޓޭނެ ކަމަށާއި އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355