twitterviber whatsapp telegramfacebookyoutube instagram
22nd February 2026

ރިސޯޓް މުވައްޒަފުންނަށް ރަށަށް ދެވޭނެ ލުއި ގޮތެއް އޮތުމަކީ މުހިންމު ކަމެއް: ޔާސިރު

ނަބީލާ އިސްމާޢީލް
Jun 28, 2021
3

ރިސޯޓް މުވައްޒަފުންނަށް އަނބި ދަރިންނާއި މައިންބަފައިން ކައިރިއަށް ދެވޭނެ ލުއި ފަސޭހަ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ ވެއްޓެމުން މިދާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތް ކުރުމަށް އާއިލާ ދޫކޮށް ނިކުތް ބަޔަކީ ރިސޯޓް މުވައްޒަފުން ކަމަށެވެ. ޓްވީޓްގައި އިތުރަށް ޔާސިރު ވިދާޅުވީ ބަލީގެ ކޮޅެއް މެދެއް ފެންނަން ނެތް އިރު އަނބި ދަރީންނާއި މައިން ބަފައިން ކައިރިއަށް ދަތުރު ކުރެވޭނެ ލުއި ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމުގަ އެވެ.

ޔާސިރު މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19ގައި އެންމެ ހާލުގައި ޖެހުނު އަދި މިހާރުވެސް އެންމެ ތަކުލީފު ތަކާއި އެކު މަސައްކަތް ކުރަމުން ގެންދާ އެއް ބަޔަކީ ރިސޯޓް މަސައްކަތް ތެރިންނެވެ.

މީގެ ކުރިން ދެމަހުން އޮފް ދުވަހަށް ރަށަށް އާދެވުނު ނަމަވެސް ކޮވިޑް-19ގެ ސަބަބުން އަހަރެއް ވީ އިރުވެސް ރަށަށް ނުދެވޭ އެތައް މުވައްޒަފުންނެއް އެބަ ތިއްބެވެ.

ގިނަ ރިސޯޓްތަކުން މިހާރު މުވައްޒަފުން ރަށަށް ފޮނުވަނީ އަހަރީ ޗުއްޓީއަށް އެކަންޏެވެ. ނަމަވެސް އެ މީހުންގެވެސް ހައްގުތަކެއް ވެއެވެ. އެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާ އެއްވެސް މުއައްސަސާއެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355