twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗެކް ރިޕަބްލިކްގެ އުއްމީދުތައް ފެނަށް ދުއްވާލާ ޑެންމާކް ސެމީއަށް

މުޙައްމަދު އަހުމަދު
Jul 3, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި 2 - 1 ގެ ނަތީޖާއަކުން ޗެކްގެ މައްޗަށް ކުރިހޯދައި ޑެންމާކް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއީ 1992 ވަނަ އަހަރުގެ ތަށި ނެގިފަހުން ޑެންމާކް ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. 29 އަހަރަށްފަހު ސެމީ ފައިނަލަށް ޑެންމާކް ދަތުރުކުރިއިރު މިމެޗަކީ މިމުބާރާތުގައި ޗެކް ރިޕަބްލިކާއި އެޓީމު ބައްދަލުކުރި ތިންވަނަ މެޗެވެ. މިދެޓީމު ކުރިން ބައްދަލުކުރި ދެމެޗުވެސް ކާމިޔާބުކުރީ ޗެކުންނެވެ.

މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ތޯމަސް ޑެލެއީނީ ވަނީ ޑެންމާކަށް ލީޑު ނަގައިދީފަ އެވެ. ޑެންމާކަށް ލިބުނު ކޯނަރަކުން ސްޓްރޮއިގާ ލާސަން ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ޑެލެއީނީ ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. އޭގެފަހުން ކުޅުން ރަނގަޅުކޮށް ޗެކުން ވަނީ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ޑެންމާކުގެ ޔަކީމް މޭލާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ކެސްޕާ ޑޮލްބާގް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ ދެލަނޑުގެ ތަފާތުން ޑެންމާކް ކުރީގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފުގައި އެއްވެސް ޓީމެއްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެވަނަ ހާފު ފެށިގެން 4 މިނެޓުތެރޭ ޗެކް ރިޕަބްލިކުން ވަނީ ލަނޑެއް ޖަހާ މެޗުގެ ފަރަގު ކުޑަކޮށްފަ އެވެ. ޗެކް ރިޕަބްލިކަށް މިލަނޑު ޖަހައިދިނީ ޕެޓްރިކް ޝިކް އެވެ. މިލަނޑާއެކު ޝިކްވަނީ މުޅިއެކު ފަސް ލަނޑުޖަހާ ލަނޑު ލިސްޓްގެ އެއްވަނައިގައި އޮތް ކުރިސްޓިއާނޯ ރޮނާލްޑޯއާ ހަމަކޮށްފަ އެވެ. ޑެންމާކުން ޔޫސުފް ޕޯލްސެން އެރުވުމުން ޗެކްގެ ޑިފެންސަށް ބާރުބޮޑުވެގެން ދިޔަ އެވެ. ނަމަވެސް ލަނޑެއް ޖެހޭގޮތްވަނީ ނުވެފަ އެވެ.

މިމޮޅާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ޑެންމާކް ނުކުންނާނީ މިރޭ އިންގްލޭންޑާއި ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355