twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ފުޓްސަލް މުބާރާތެއް ފެށިގެން ކުރިއަށް އެބަދޭ

May 22, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ހުރި ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ފުޓްސަލް މުބާރާތެއް ފެށިގެން ކުރިއަށް އެބަދެއެވެ.

މިމަހުގެ 11 ވަނަ ދުވަހު ފެށި މި މުބާރާތަކީ، ކޮންމެ އަހަރަކުވެސް ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ލީގު އުސޫލުން ބާއްވާ މުބާރާތެކެވެ. ސްކޫލުތަކުގެ މުވައްޒަފުންގެ ފުޓްސަލް މުބާރާތުގައި ބައިވެރިވަނީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލުކަމަށްވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލު، އަދި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އަމިއްލަ ފަރާތަކުން ހިންގާ އިރުމަތި އަވަށު ޕްރީ ސްކޫލުގެ މުވައްޒަފުންނެވެ.

މި މުބާރާތާބެހޭގޮތުން ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހްމަދު ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި ކުރިއަށްދާ ފުޓްސަލް މުބާރާތެއް ކަމަށާއި އަދި މިމުބާރާތަކީ ސްކޫލުތަކުގެ މަސައްކަތު މީހާއިން ފެށިގެން ކޮންމެ މަގާމެއްގެގައި ހުރި މުވައްޒަފަކަށް ވިޔަސް ބައިވެރިވެވޭ ގޮތަށް ފުރުޞަތު ހުޅުވާލައިގެން ބާއްވަމުންދާ މުބާރާތެއްކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ކުޅޭ ފަސް ޓީމަކީ މާވަހަރު، އޮޅުކޮށި، ގަސްވެއްޓި، ފަޑިދަޑި އަދި އިދިކީލަ ޓީމެވެ.

ފުޓްސަލް މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހު 28 ވަނަ ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކެޅެމުންދަނީ ޖަލާލުއްދީން ސްކޫލުގެ ކުޅޭ ބިމުގައެވެ.

ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލަކޮށް މިފަދަ ކުޅިވަރު ހަރަކާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމާއި މުވައްޒަފުންނަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން ކަމަށް އެފަރާތުން މަޢުލޫމަތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355