twitterviber whatsapp telegramfacebookyoutube instagram
8th September 2024

ސެމީ ފައިނަލް: ޑެންމާކް

މުޙައްމަދު އަހުމަދު
Jul 4, 2021

ގުރޫޕް ބީގެ ނަތީޖާތައް:

ޑެންމާކް 0 – 1 ފިންލޭންޑް
ޑެންމާކް 1 – 2 ބެލްޖިއަމް
ޑެންމާކް 4 - 1 ރަޝިއާ

ގަދަ 16:

ޑެންމާކް 4 – 0 ވޭލްސް

ކުއާޓާ ފައިނަލް:

ޑެންމާކް 2 – 1 ޗެކް ރިޕަބްލިކް

ކޮލިފައިން:

ޑެންމާކް ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް ބީގައި ކުޅުނު 8 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ 4 މެޗުން އެއްވަރުވެގެންނެވެ. ކޮލިފައިންގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ކުރިސްޓަން އެރިކްސަން އެވެ. އޭނާ ވަނީ ކޮލިފައިންގައި ފަސް ލަނޑު ޖަހާފަ އެވެ.

ޓޮޕް ސްކޯރާ:

މުބާރާތުގައި މިހާތަނަށް ޑެންމާކްގެ ޓޮޕް ސްކޯރާސް އަކީ 3 ގޯލާއެކު ކެސްޕާ ޑޮލްބާގެވެ. ޔޫރޯގައި މިހާތަނަށް ޑެންމާކް ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާއިރު އެޓީމު ވަނީ 1992 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯއަށް އެޓީމު ކޮލިފައިވެސް ނުވެއެވެ.

ކޯޗު: ކެސްޕާ ހިޖުލްމަން

ޑެންމާކްގެ ކޯޗު ކެސްޕާ ހިޖުލްމަން އެޓީމާ ހަވާލުވީ 2020 ވަނަ އަހަރު އެވެ. އަދި ހިޖުލްމަންގެ އިރުޝާދުގެ ދަށުން ޑެންމާކް މިވަނީ މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެޓީމުގެ އެރިކްސަން ހިތްހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ހާދިސާއަށް ފަހު ޓީމުކުޅުންތެރިން ބޮޑު ސޮކެއްގައި ތިއްބާ އެޓީމު އަލުން ކޮޅަށް ޖެހީ ހިޖުލްމަންގެ ހިތްވަރުންނެވެ.

އެންމެ މޮޅު/މުހިންމު ކުޅުންތެރިޔާ:

ކްރިސްޓަން އެރިކްސަންއަށް ދިމާވި ހާދިސާއަށް ފަހު ޑެންމާކްގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވެފައިވަނީ އެޓީމުގެ ސްކޮޑްގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާ ކަމުގައިވާ މިކެލް ޑެމްސްގާޑެވެ.

ޓީމުގެ އަރަމުން އަންނަ އެންމެ މޮޅު އެއް ކުޅުންތެރިޔާ: އެންޑްރިއާސް ސްކޮވް އޮލްސެން

އޮލްސެން ވަނީ 179 މިނެޓުތެރޭ ޑެންމާކަށް 3 ލަނޑު ޖަހައިދީ ހަތަރު އެސިސްޓްކޮށް ދީފަ އެވެ.

އެނގޭތަ؟

1992 ވަނަ އަހަރުގެ ޔޫރޯއަށް ޑެންމާކް ކޮލިފައިވެސް ނުވެއެވެ. ނަމަވެސް އެފަހަރުގެ މުބާރާތުން ޔޫގޮސްލާވިއާ ވަކިވުމުން ޑެންމާކް ވަނީ މުބާރާތަށް ހޮވިފަ އެވެ. އަދި އެފަހަރުގެ ތަށިވެސް ނެގީ ޑެންމާކުންނެވެ.

ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި މިމަހު އަށްވަނަ ދުވަހު ޑެންމާކް ނުކުންނާނީ އިންގްލޭންޑާއި ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355