twitterviber whatsapp telegramfacebookyoutube instagram
25th March 2026

ރާއްޖެ އިން ބޭރުން އަންނަ ބިދޭސީން ކަރަންޓީނުވާނެ ތަންތަން ހޯދަނީ

މުޙައްމަދު އަހުމަދު
Jul 4, 2021

ރާއްޖެއިން ބޭރުން އަންނަ ބިދޭސީން ކަރަންޓީނުވާނެ ތަންތަން ހޯދަން ހެލްތް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމަށް ހޮޓެލް/ ގެސްޓް ހައުސް ފަދަ ތަންތަން ހަމަޖައްސަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ މީހުންނަށް މާދަމާއިން ފެށިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގާއިމްކޮށްފައިވަނީ ދަރުބާރުގޭގަ އެވެ.

ޓޫރިސްޓުން ކަރަންޓީނުވާން ނުޖެހުނަސް، މިހާރު އޮންނަ ގޮތުން ބޭރުން އަންނަ ދިވެހިންނާއި މަސައްކަތް ކުރަން ރާއްޖެ އަށް އަންނަ މީހުން ކަރަންޓީނުވާން ޖެހެ އެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ އިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމަށް ބޭނުންވާ ތަންތަން ހޯދުމަށް ކުރިން ވެސް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ. ބޭރުން އަންނަ މީހުން ކަރަންޓީނު ނުވެ ބޭރުގައި އުޅޭކަމުގެ ޝަކުވާތައް މިހާރު ވަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވެފަ އެވެ.

ހެލްތް މިނިސްޓްރީން އިތުރަށް ވިދާޅުވީ މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، [email protected] އަށް މެއިލްކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355