twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސެމީ ފައިނަލް: އިޓަލީ

މުޙައްމަދު އަހުމަދު
Jul 5, 2021

ގުރޫޕް އޭގެ ނަތީޖާތައް:

އިޓަލީ 3 - 0 ތުރުކީ
އިޓަލީ 3 - 0 ސްވިޒަލޭންޑް
އިޓަލީ 1 - 0 ވޭލްސް

ގަދަ 16:

އިޓަލީ 2 - 1 އޮސްޓްރިއާ

ކުއާޓާ ފައިނަލް:

އިޓަލީ 2 - 1 ބެލްޖިއަމް

ކޮލިފައިން:

އިޓަލީ ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕް ޖޭގައި ކުޅުނު 10 މެޗުންވެސް މޮޅުވެގެންނެވެ. ކޮލިފައިންގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ އެންޑްރިއާ ބެލޯޓީ އެވެ. އޭނާ ވަނީ ކޮލިފައިންގައި ފަސް ލަނޑު ޖަހާފަ އެވެ.

ޓޮޕް ސްކޯރާ:

މުބާރާތުގައި މިހާތަނަށް އިޓަލީގެ ޓޮޕް ސްކޯރާސްގެ ތެރޭގައި 2 ގޯލާއެކު ހިމެނެނީ މަޓިއޯ ޕެސީނާ، ލޮރެންޒޯ އިންސީނިއޭ، މެނުއަލް ލޮކަޓެއްލީ، ޗިރޯ އިމްމޯބިލޭ އެވެ. ޔޫރޯގައި މިހާތަނަށް އިޓަލީ ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާއިރު އެޓީމު ވަނީ 1968 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަން އަތުން އިޓަލީ ވަނީ ބަލިވެ ކަޓައިފަ އެވެ.

ކޯޗު: ރޮބާޓް މަންޗީނީ

އިޓަލީގެ ކޯޗު ރޮބާޓް މަންޗީނީ އެޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އަދި މަންޗީނީ އިރުޝާދުގެ ދަށުން އިޓަލީ މިވަނީ މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އެންމެ މޮޅު/މުހިންމު ކުޅުންތެރިޔާ: ޖޯޖީނިއޯ

އިޓަލީގެ ޓުރެއިނިން ކޭމްޕުތަކުގައި ޖޯޖީނިއޯއަށް ކިޔާ އުޅެނީ ރޭޑިއޯ ޖޯޖީނިއޯ އެވެ. އަބަދުވެސް ދަނޑުމަތީގައި ޓީމު ކުޅުންތެރިންނަށް އިރުޝާދުދީ ހަދާ ޖޯޖީނިއޯ އަކީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

ޓީމުގެ އަރަމުން އަންނަ އެންމެ މޮޅު އެއް ކުޅުންތެރިޔާ: ނިކޯލޯ ބަަރޭލާ

އުމުރުން 24 އަހަރުގެ އިންޓަރ މިލާނަށް ކުޅޭ މިޑްފީލްޑަރަކީ މަންޗީނީގެ ފޯމޭޝަނުގެ ތަޅުދަނޑި އެވެ. ޓެކްނީކާއި ސްޓެމިނާއާ ހުރިހާ ކަމަކަށް ބެލިއަސް ޖޯޖީނިއޯ އަކީ އިޓަލީ އަށް ލިބިފައިހުރި ރަންގަނޑެކެވެ.

އެނގޭތަ؟

އިޓަލީން ވަނީ އެޓީމު އެންމެ ފަހުން ކުޅުނު 32 މެޗުންވެސް ބަލިނުވެ ރެކޯޑް ހަދާފަ އެވެ. އަދި 13 މެޗުން ޖައްސައި ޖައްސައިގެން އެޓީމުވަނީ މޮޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355