ހއ.ދިއްދޫގައި ކޮވިޑް-19 ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާތީ، އެ ރަށުގައި ބަލި ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް ހަރުކަށިކޮށް، ކާފިއު ހިންގާފައިވާ ވަގުތު އިތުރު ކޮށްފައިވާކަމަށް ދިއްދޫ ކައުސިލުން ބުނެފި އެވެ.
އެ ރަށުކައުންސިލުން ބުނީ މިއަދު ހަވީރު 4:00އިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00އާ ހަމައަށް އެރަށުގައި ހަވީރު 4:00 ން ފަތިހު 4:00 އަށް ކާފިއު ހިންގައި، ރަށް ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ދިއްދޫގައި ކާފިއު ހިންގަމުން އައީ ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 9:00 ފަތިހު 4:00 އަށެވެ.
ދިއްދޫ ކައުންސިލުން ބުނީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 4:00 ހަމައަށް ފިހާރަތައް ހުޅުވައިގެން އެރަށުގައި ހިދުމަތް ދެވޭނެކަމަށެވެ. އަދި އާންމުން އެއްވުންތަކާއި ޕާޓީތައް ނުބޭއްވުމާއި، ކުޅިވަރު ކުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ އަންގާފައެވެ. އަދި ހޯޓާ ރެސްޓޯރެންޓްތަކަށް ވެސް ދެވޭނީ ޓޭކް އަވޭގެ ހިދުމަތްކަމަށާއި މި ދަނޑިވަޅުގައި އެރަށު ސެލޫންތަކާއި، ޖިމްތަކުގެ އިތުރުން ބޯކޮށާ ތަންތަން ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތަަކުން ޕޮލިސް ޕޯޓަލްގެ ތެރެއިިން ދީފައިވާ ފާސް ބޭނުންކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
ކަރަންޓީނުގައި ނެތް މީހަކު ދިއްދޫއިން ޕޮޒިޓިވްވުމާއި ގުޅިގެން ދިއްދޫއިން 300 ވުރެ ގިނަ ގެ ކަރަންޓީނު ކުރެވިފައިވާކަމަށާއި މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށުން ފެނުނު ކޮވިޑްގެ ކޭސްއާއެކު މިހާތަނަށް އެރަށުން 106 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ކޮވިޑް ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.
ކައުންސިލުންވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިމިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުގައި ނެތް ފަރާތެއް ދިއްދޫން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.