twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހާލަތު ގޯސްވެ، އިންޑޮނޭޝިއާއަށް އޮކްސިޖަން އެތެރެކުރަނީ

މުޙައްމަދު އަހުމަދު
Jul 7, 2021

އިންޑޮނީޝިއާގައި ކޮވިޑުގެ ހާލަތު ކަންބޮޑުވާ މިންވަރަށް ގޯސްވެ، އަވައްޓެރި ސިންގަޕޫރުން އޮކްސިޖަން އެތެރެ ކުރަން ފަށައިފި އެވެ. އަދި އެހެން ގައުމުތަކުގެ އެހީއަށް އިންޑޮނޭޝިއާއިން އެދެފި އެވެ.

މިދިޔަ ހޯމަ ދުވަހުވެސް އެ ގައުމުން 29،745 ކޭސް ފެނި 558 މީހުން މަރުވެ ކޭސްތަކާއި މަރުތަކުގެ ނިސްބަތުން ވެސް ރެކޯޑް އަދަދަކަށް މިވަނީ އަރާފަ އެވެ. މިހާރު އިންޑޮނޭޝިއާއިން ފެންނަމުންދާ މަންޒަރުތަކުން ސިފަވަނީ ދެވަނަ ރާޅުގައި އިންޑިއާ އެވެ. ހޮސްޕިޓަލްތައް ފުރި ބާރުވެ އާޕޭޝަންޓުން އެޑްމިޓްކުރުން ހުއްޓާލާފައިވާއިރު އެންމެ ބޮޑު އެއް ސިޓީކަމުގައިވާ ސުރަބަޔާގެ 15 ހޮސްޕިޓަލެއް ވަނީ އެއްކޮށް ފުރި ބާރުވެފަ އެވެ. އަދި އާއިލާތަކުން ދަނީ ކަޅު ބާޒާރުގައި އޮކްސިޖަން ޓޭންކްތައް ލިބޭތޯ މަސައްކަތްކޮށް ގޭގައި އަމިއްލައަށް ބަލިމީހުންނަށް ފަރުވާދެމުންނެވެ.

މިދަނޑިވަޅުގައި އެގައުމުގެ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރެން ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ނިޒާމު އޮތީ ހުއްޓެން ކައިރިވެފައި ކަމަށާއި ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް ބަލި މީހުން އަންނަމުންދާ ކަމަށް އަދި އޮކްސިޖަން ސަޕްލައި ހުސްވެއްޖެ ކަމަށާއި ޖާވާ އަދި ބާލީގެ ސިއްހީ ހިދުމަތްތަކަކީ ސީރިއަސްވާ މީހުންނަށް ފަރުވާ ކުރަން އެންމެ އެކަށޭނަ ހިދުމަތްތަކެއް ނޫން ކަމުގަ އެވެ.

"
"ސިންގަޕޫރާއި ޗައިނާ އަދި އެހެން ފަރާތްތަކާ އެކު ވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން އެހީ ހޯދަން، މިހާރު ގެންނަ ސަޕްލައި ނުފުދޭ ނަމަ އެހެން ގައުމުތަކުން ވެސް އޮކްސިޖަން ހޯދަން އޯޑަރު ދޭނަން"
ސީނިއާ މިނިސްޓަރު ލުހުތު ބިންސާރް ޕަންދްޖައިތާން

ކޮވިޑުގެ ހާލަތު ކޮންޓްރޯލުން ނެއްޓުމުން ސަރުކާރުން ވަނީ ވެރިރަށް ޖަކާޓާ އާއި ޖާވާ އަދި ބާލީ ފަދަ ރަށްރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވާއިރު އިންޑޮނީޝިއާގެ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، އޮކްސިޖަނަށް ޖެހިފައިވާ މިދަނޑިވަޅުގައި ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 50،000 އަށް އެރުމުގެ ބިރު އޮތީ ވަރަށް ބޮޑުވެފަ އެވެ.

ދުނިޔޭގައި ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ އިންޑޮނޭޝިއާގައި މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް ވަނީ ތިން ގުނަ އިތުރުވެފަ އެވެ. ޖުމްލަ 2.3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 61،140 މީހުން މި ބަލީގައި އެގައުމުގައި މިހާތަނަށް މަރުވެފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355