twitterviber whatsapp telegramfacebookyoutube instagram
7th May 2024

ރައީސް ނަޝީދަށް އޭޑީކޭއިން ފަރުވާ ދިން ޑޮކްޓަރުންގެ އަގު ވަޒަންކުރަނީ

ޚަދީޖާ އާދަމް
Jul 9, 2021
1

ރައީސް ނަޝީދަށް ފަރުވާދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމަށް މަޖިލީހުގެ 241 ކޮމެޓީން ނިންމައިފި އެވެ.

އެ ކޮމެޓީން ރައީސް މުހައްމަދު ނަޝީދަށް މާލޭގައި ދިން ޓެރެރިސްރިސްޓް ހަމަލައާ ގުޅިގެން ތައްޔާރުކުރި ރިޕޯޓު ރޭ މަޖިލީހުން ފާސްކޮށްފައިވާއިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލްގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ހާއްސަ ޓީމާ މެޑިކަލް އޮފިސަރުން ދެއްކެވި ހިތްވަރާއި ސާބުތުކަން ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިރު, އެ ރިޕޯޓާ ގުޅޭގޮތުން މެމްބަރުން ބަހުސް ކުރެއްވިއެވެ.

ރިޕޯޓު ފާސްކުރީ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ތާއީދާ އެކުގައެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކުރި މި އިންކުއަރީ ރިޕޯޓުގައި ޖުމްލަ 45 ރިކޮމިންޑޭޝަނެއް ހިމަނާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355