twitterviber whatsapp telegramfacebookyoutube instagram
17th July 2026

9 ޖަހަންވާއިރަށް ވެކްސިން ކިއު ފުރިއްޖެ

މުޙައްމަދު އަހުމަދު
Jul 10, 2021
3

ކުޅުދުއްފުށި ސިޓީގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް މިއަދު ހުޅުވާލި ކިއު ހެނދުނު 9 ޖަހަންވާއިރަށް ފުރިއްޖެ އެވެ. މިއަދު ހުޅުވާލީ 200 ނަންބަރެވެ. ވެކްސިންގެ ޖެހުމުގެ ކަންތައް ކުރިއަށް ދަނީ އަފީފުއްދީން ސުކޫލް ހޯލްގަ އެވެ

ވެކްސިން ޖަހަން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 3 ޖަހާއިރު އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ވެސް ކިއު ފުރުނު ވާހަކަ އާއްމުކޮށްފައިވެ އެވެ. ހޮސްޕިޓަލުން ބުނީ ވެކްސިންގެ އާ ސްޓޮކެއް ލިބުނުހާ އަވަހަކަށް ހުޅުވާލާނެ ކަމަށެވެ.

ކޭއޯއާ ވާހަކަދެއްކި ބައެއް މީހުން ބުނީ ރޭގަނޑުން ފެށިގެން މީހުން ކިއުއަށް އަރަން ފަށާފައިވާ ކަމަށެވެ. އަދި ހެނދުނު 6:15 އިން ފެށިގެން މީހުން ކިޔުއަށް އަރަން ފަށާފައިވާ ކަމަށެވެ. އަދި 7:00 އެހާއިރު ކިޔުއަށް އެރި މީހުންނަށް ލިބިފައިވަނީ 30 ގެ ނަންބަރުތައް ކަމަށް އެ މީހާ ބުންޏެވެ.

ހުކުރުދުވަހު ވެކްސިން ޖަހަން ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ބޯވާރޭގައި ދިގު ކިޔުއެއް ދަމާލާފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ހޮސްޕިޓަލަށް އަމާޒުވުމުން މައާފަށް އެދި އަފީފުއްދީން ސްކޫލުގައި ވެކްސިން ޖެހުމަށް ބަދަލުކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355