twitterviber whatsapp telegramfacebookyoutube instagram
17th April 2024

އިނގިރޭސިން ދެކެ ޖެހިލުމެއް ނުވޭ: ބޮނޫޗީ

މުޙައްމަދު އަހުމަދު
Jul 10, 2021

ޔޫރޯ ފުޓްބޯޅަ މުބާރާޓުގެ ފައިނަލުގައި މާދަމާ ރޭ އިނގިރޭސިންނާއި ދެކޮޅަށް އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ކުޅޭކަށް އެއްވެސް ޖެހިލުމެއް ނެތްކަމަށް އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނެފި އެވެ.

މިފަހަރުގެ ޔޫރޯގައި އަންގާރަ ދުވަހު ވެމްބްލީގައި ޕެނަލްޓީ ޖަހައިގެން ސުޕެއިން ބަލިކޮށް އިޓަލީން ފައިނަލަށް މިދަތުރުކުރީ 9 އަހަރު ފަހުންނެވެ. މިފަހަރު އިޓަލީގެ ފަރާތުން ފެންނަނީ ތަފާތު މޮޅު ކުޅުމެކެވެ.

"
ގިނަވާނީ އިނގިރޭސި ސަޕޯޓަރުން، ނަމަވެސް އެކަމުން އަހަރެމެންނަށް ލިބެނީ މޮޅުވާން އިތުރު ހިތްވަރެއް
އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ

މާދަމާ ރޭގެ މެޗަށް ވައްދަން ހަމަޖެހިފައިވަނީ އިޓަލީގެ 1000 ސަޕޯޓަރުންނެވެ. އިޓަލީގެ ޑިފެންސަށް ކުޅޭ 34 އަހަރުގެ ބޮނުޗީ އާއި 36 އަހަރުގެ ޗިއެލީނީ މާދަމާ ރޭ ނުކުންނާނީ ވަރަށް ޒުވާން ޓީމަކާ ދެކޮޅަށެވެ. އިންގްލޭންޑް ޓީމުގެ ކުޅުންތެރިންގެ އުމުރަކީ އެވްރެޖްކޮށް 25 އަހަރެވެ.

ބޮނުޗީ ޖޯކު ޖަހަމުން ބުނީ މިމެޗަކީ "މުސްކުޅިންނާ ދެކޮޅަށް ކުޑަކުދިން" ނުކުންނަ މެޗެއް ކަމަށެވެ. ބޮނޫޗީ މިހެން ބުނެފައި މިވަނީ އިންގްލޭންޑް ޓީމުގެ ބުކާޔޯ ސަކާ އާއި ޖޭޑަން ސާންޗޯ އަށް ނިސްބަތްކޮށެވެ.

"
އެމީހުންގެ އަތުގައި ވަރަށް ވަރުގަދަ އެޓޭކާސް އެބަތިބި. އެކުޅުންތެރިންނާއި މުޅި ޓީމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން މާދަމާގެ މެޗު ކުޅެން ޖެހޭނީ. އަހަރެމެންނަށް އިނގޭ އެމީހުންގެ ވަރުގަދަކަމާއި މިމެޗުގެ އުދަނގޫކަން. އަހަރެމެން އެމީހުންގެ ސްޕީޑަށް ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެން ކުޅެން ޖެހޭނީ.
އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ

މިމުބާރާޓުގެ ފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފައި މިވަނީ 55 އަހަރުގެ އިންތިޒާރަކަށް ފަހު އެވެ. ބޮނުޗީ އިތުރަށް ބުނެފައިވަނީ އެމީހުންގެ (އިންގްލޭންޑް) ޑިފެންސް ވަރަށް ވަރުގަދަ ކަމަށާއި މިހެން މިހާރު އަހަރެން ކޮލިފައިންގައި ވެސް ބުނެފިން ކަމަށެވެ. ސަމާލުކަންދޭން ޖެހޭ އަނެއް ކަމެއްގެ ގޮތުގައި ބޮނުޗީ ފާހަގަ ކުރީ ކުލަބް ފެންވަރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ޑިފެންޑަރުން ކަމަށްވާ ހެރީ މެގުއާ އާއި ޖޯން ސްޓޯންސް އެވެ. އަދި އެޓީމުގެ މިޑްފީލްޑްގައި ވެސް މޮޅު ކުޅުންތެރިން ހިމެނޭ ކަމަށެވެ.

ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އިޓަލީ މާދަމާ ރޭ ވެމްބްލީގައި އިންގްލޭންޑާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355