twitterviber whatsapp telegramfacebookyoutube instagram
2nd January 2026

ހިޓްގެ ރީމޭކަށް ޝާނިޔާ އަދި ރާޖުކުމާރު

ޚަދީޖާ އާދަމް
Jul 12, 2021

ކާމިޔާބު ތެލަގޫ ފިލްމު ހިޓްގެ ރީމޭކް އިއުލާނުކޮށް ކާސްޓުންގެ ނަންތައް ހާމަކޮށްފި އެވެ. އެގޮތުން ހިންދީ ރީމޭކުގައި ފެނިގެންދާނީ ޝާނިޔާ މަލޯތްރާ އަދި ރާޖުކުމާރު ރާއޯއެވެ. މިއީ މި ދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މިއީ ކޮޕް ތްރިލާ ފިލްމެކެވެ. ހިންދީ ފިލްމުވެސް ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ ތެލަގޫ ފިލްމުގެ ޑައިރެކްޓަރ ޑރ ސައިލޭޝް ކޮލަނޫ އެވެ.

މިއީ ޝާނިޔާ އަދި ރާޖުކުމާރު ވެސް މިހާތަނަށް ކުޅިފައިވާ ރޯލުތަކާ ބަލާއިރު ކުޅެން ލިބުނު ވަރަށް ތަފާތު ރޯލެކެވެ. އެގޮތުން ޝާނިޔާވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާއެކު މި ފިލްމުގައި މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާކަމަށް ބުނެފައެވެ.

އަދި ހިޓް ފިލްމުގެ ކޮންސެޕްޓާއި ވަރަށް ގަޔާވާކަމަށާއި އޭގެ ތެލަގޫ ފިލްމު ބެލިކަމަށް ޝާނިޔާ ބުންޏެވެ. ތެލަގޫ ފިލްމުން ފެނިގެން ދިޔައީ ވިޝްވާކް ސެން އަދި ރުހާނީ ޝަރްމާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355