twitterviber whatsapp telegramfacebookyoutube instagram
14th October 2025

މަހަކަށްވުރެ ގިނަދުވަސް ފަހުން ހަނިމާދޫގެ މޮނިޓަރިން ހާލަތުން ނަގައިފި

ނަބީލާ އިސްމާޢީލް
Jul 12, 2021

މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހދ. ހަނިމާދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. ހަނިމާދޫ މޮނިޓަރިންއަށްލީ މިދިޔަ މަހު 9 ވަނަ ދުވަހު ބަލީގެ އަލާމާތްތަށް ހުރެގެން އެ ރަށު ފުލޫ ކުލިނިކުން ނެގި 2 ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތުން ނެގީ މިއަދުގެ ހަވީރު އެވެ.

ޖޫން 9ގެ ހަނިމާދޫ ކްލަސްޓާއާއި ގުޅިގެން ފެނުނު ކޭސްތަކާއި ގުޅިގެން ޖުމްލަ 77 މީހުން އެރަށުން ޕޮޒިޓިވްވިއެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި 300 އަށްވުރެން ގިނަ ރެންޑަމް ސާމްޕަލް ވަނީ އެ ރަށުން ނަގާފަ އެވެ. މިވަގުތު އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 10 މީހެކެވެ.

މޮނިޓަރިންގއަށް ލުމާއެކު އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން އެ ރަށެއްގައި ކާފިއު ހިންގާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355